ދިވެހިރާއްޖެ
- މި ސްކޫލުގެ ދަރިވަރުން ކުޅޭސަރަހައްދު އަވިދާ ބޭނުން ކޮށްގެން ހިޔާކުރުމުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުމަށް ހަވަނަފަހަރަށް އިޢުލާން ކުރުން.
 
މި ސްކޫލްގެ ދަރިވަރުން ކުޅޭސަރަހައްދު އަވިދާ ބޭނުންކޮށްގެން ހިޔާކުރުމުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުމަށް ފަސްވަނަ ފަހަރަށް ކުރެވުނު މި ސްކޫލުގެ ނަންބަރު: GS141/MIS/2015/08 އިޢުލާނާ ގުޅިގެން މަޢުލޫމާތު ފުރިހަމަނުވާތީ އެ އިޢުލާން ބާޠިލުކޮށް، އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ. ('100x70) ގެ މިސަރަހައްދު ހިޔާކުރުމަށް ހަމަޖެހިފައިވަނީ ދަނގަޑުހޮޅިން ފްރޭމެއް ހަދައި ފްރޭމުގެ މަތިން އަވިދާ ދަމައިގެން މަސައްކަތް ފުރިހަމަކުރާގޮތަށެވެ.
ވީމާ، މިކަމަށް ޝައުޤުވެރިލައްވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެމަތިން، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އެމަސައްކަތް ކޮށްދެއްވަން ބޭނުންފުޅުވާ އަގު ބަޔާންކޮށް މި ސްކޫލަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދޭގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމާއި، އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވަން ދަތިފުޅުވާ ފަރާތްތަކަށް ބަދަލުގައި އެހެން ބޭފުޅަކުވެސް ފޮނުއްވިދާނެއެވެ.
| 
 މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައި ތާރީޚާއި ގަޑި  | 
 އަންދާސީހިސާބު ހުށަހަޅަން ހަމަޖެހިފައިވާ ތާރީޚާއި ގަޑި  | 
| 
 2015 ސެޕްޓެންބަރު 3 ވާ ބުރާސްފަތި ދުވަސް ގަޑި 13:00  | 
 2015 ސެޕްޓެންބަރު 09 ވާ ބުދަ ދުވަސް ގަޑި 13:00  | 
- އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ: ރަސްމީ ގަޑީގައި 6640585 ފޯނާ ގުޅުއްވުމުން މަޢުލޫމާތު ސާފުވެލައްވާނެއެވެ.
 
08 ޛުލްޤަޢިދާ 1436
