ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
އިނާމު ދިނުމުގެ ޖަލްސާއަށްް ބޭނުންވާ ޓްރޮފީއާއި ޝީލްޑް ހޯދުމާބެހޭ
މި ސްކޫލުގެ އިނާމުދިނުމުގެ ޖަލްސާއަށް ބޭނުވާ ޓްރޮފީއާއި ޝީލްޑް ހޯދުމަށް ކުރިއިޢުލާން ނަންބަރު: GS72/2015/15 އާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވެލެއްވީ އެންމެ ފަރާތަކުން ކަމަށްވަތީ، އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.
މި ސްކޫލުގެ އަހަރީ އިނާމުދިނުމުގެ ޖަލްސާއަށް ބޭނުންވާ ޓްރޮފީއާއި ޝީލްޑް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ސްކޫލުން ދޭ މަޢުލޫމާތާ އެއްގޮތަށް ތަކެތި ތައްޔާރުކޮށް، ފޯރުކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 އޮގަސްޓު 30 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މި ސްކޫލުގެ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2015 ސެޕްޓެންބަރު 3 ވާ ބުރާސްފަތި ދުވަހުގެ 11:30 އަށް މި ސްކޫލުގެ އޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާ ފަރާތްތަކުން ކާކުކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގަތުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދަސީހިސާބު ބަލައިގަނެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުނަމަ ގުޅުއްވާނީ 6528041 ނަންބަރު ފޯނަށެވެ.
08 ޛުލްޤަޢިދާ 1436