މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ. އަތޮޅު ފުޓްސަލް މުބާރާތުގައި ބައިވެރިވުމާއި ގުޅޭ

އިޢުލާން

ރ. އަތޮޅު ފުޓްސަލް މުބާރާތުގައި ބައިވެރިވުމާއި ގުޅޭ

ރ. އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން އަތޮޅުގެ ހުރިހާ ރަށަކަށް ވާދަކުރެވޭ ގޮތަށް ބާއްވާ ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޓީމް އެކުލަވާލުމަށްޓަކައި ޓީމުގައި ބައިވެރިވުމުގެ ފުރުޞަތު 30 ޖޫން 2025 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ.

ވީމާ، ރަށުގެ ފުޓްސަލް ޓީމުގައި ބައިވެރިވާން ޝައުގުވެރިވާ ޒުވާނުންނާއި ދަރިވަރުން ތިރީގައި މިވާ ގޫގުލް ފޯމް ފުރިހަމަ ކުރެއްވުން އެދެމެވެ. 18 އަހަރުން ދަށުގެ ކުދިންނާއި ސްކޫލް ދަރިވަރުންނަށް ބައިވެރިވެވޭނީ އެޑިއުކޭޝަން މިނިސްޓްރީން ހެދިފައިވާ ޤަވާޢިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ބެލެނިވެރިޔާ އަދި ސްކޫލްގެ އިޢުތިރާޒް ނުކުރާ ކަމުގެ ލިޔުމެއް ހުށައެޅުމުންނެވެ.

ފޯމު ލިންކް:  https://forms.gle/sbfL7ZDz5RfsQ2jd6

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.  

08 ޛުލްޤަޢިދާ 1446

06 މޭ 2025
ހޯދާ