މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އިދާރާއިން ދޭ މަޢުލޫމާތާއި، ކުރެހުންތައް އަދި ބީ.އޯ.ކިއުއަށް ރިޢާޔަތްކޮށް އަންދާސީ ހިސާބެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް
ކޯޓޭޝަން ހުށައެޅުމުގެ ދަޢުވަތު
- މިއިދާރާއިން ދޭ މަޢުލޫމާތާއި، ކުރެހުންތައް އަދި ބީ.އޯ.ކިއުއަށް ރިޢާޔަތްކޮށް އަންދާސީ ހިސާބެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ކޯޓޭޝަން ހުށައެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ ރާއްޖޭގެ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ.
- މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ލިންކު މެދުވެރިކޮށް 12 މެއި 2025ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން ރަޖިސްޓްރީ ވެލެއްވުން އެދެމެވެ. https://forms.office.com/r/RC7Hp7Rfm2
- ރަޖިސްޓްރީ ވެލައްވާ ފަރާތްތަކަށް މަޢުލޫމާތާއި، ކުރެހުންތައް އަދި ބީ.އޯ.ކިއު 13 މެއި 2025ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން މެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ.
- މިމަސައްކަތާއި ގުޅޭގޮތުން އެއްވެސް ސުވާލެއް އޮތްނަމަ 2025 މެއި 15ވާ ބުރާސްފަތި ދުވަހުގެ 10:00ގެ ކުރިން ތިރީގައިވާ އެޑްރެސްއަށް ސިޓީ/އީމެއިލް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ. ސިޓީ/އީމެއިލްއިން ފޮނުވޭ ސުވާލުތަކުގެ ޖަވާބު، 2025 މެއި 18 ވާ އާދީއްތަ ދުވަހުގެ 13:00ގެ ކުރިން، އެ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި މެއިލްކުރެވޭނެއެވެ.
- ކޯޓޭޝަންތައް ވަޒަންކުރެވޭނީ އަގާއި މުއްދަތަށް ބަލައި އެންމެ ކުޑަ އަގާއި މުއްދަތު ހުށައަޅުއްވާ ފަރާތަށް އެންމެ މަތިން ޕޮއިންޓް ލިބޭ އުޞޫލުންނެވެ. މިގޮތުން އަގަށް 80 ޕޮއިންޓް އަދި މުއްދަތަށް 20 ޕޮއިންޓް ދެވޭނެއެވެ.
- ކޯޓޭޝަން ހުށައެޅުން އޮންނާނީ 2025 މެއި 22ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30ގައި ށ. އަތޮޅު ކައުންސިލްގެ އިދާރާގައެވެ. އީމެއިލް އަދި ފެކްސް މެދުވެރިކޮށް ހުށައެޅޭ ކޯޓޭޝަންތަކާއި ކަނޑައެޅިފައިވާ ތާރީޚާއި ގަޑީގެ ކުރިން ހުށައެޅޭ ކޯޓޭޝަންތައް ބަލައެއް ނުގަނެވޭނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މިލަދުންމަޑުލުއުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ/ މިނިވަންހިނގުން، ށ.ފުނަދޫ، ދިވެހިރާއްޖެ.
ފޯން: 6540400، 6540451
އީމެއިލް: [email protected]
ކޮޕީ: [email protected], [email protected]
06 މެއި 2025
06 މޭ 2025
ހޯދާ