ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޕްލޮޓް 15.8 ގައި ހުރި ރުކެއްގެ ވެރިފަރާތް ހޯދުން
ވިލުފުށީ ލޭންޑްޔޫސް ޕްލޭންގެ ޕްލޮޓް 15.8 (ކުރީގެ ސްކޫލް ލައިބްރަރީ އިމާރާތުގެ ކުރިމަތީ އޮތް ގްރީން ޒޯން) ގައި ހުރި، ރުކެއްގެ ވެރިފަރާތް ހޯދުމަށް ބޭނުންވެއެވެ. މި ރުކުގައި ރަތް ކުލައިން 9 ނަންބަރު ޖަހާފައި ހުންނާނެއެވެ.
ވީމާ، އިސްވެ ދެންނެވުނު ރުކުގެ ވެރިފަރާތުން 14 މެއި 2025 ވާ ބުދަ ދުވަހުގެ ރަސްމީގަޑި ނިމުމުގެކުރިން، ރުއްގަހުގެ ނަންބަރު އެނގޭނޭހެން ލިޔުމުން މިއިދާރާއަށް ހުށަހެޅުން އެދެމެވެ.
05 މޭ 2025
ހޯދާ