ދިވެހިރާއްޖެ
މިކުންފުނީގެ ކާގޯ ޑިޕާޓްމަންޓްގެ ބެލުމުގެ ދަށުގައި ހުންނަ، ވައިގެ މަގުން ރާއްޖެ އެތެރެ ކުރާ މުދާތަކުގެ ތެރެއިން ގިނަދުވަސްވެ ނުގެންގޮސްފައިވާ މުދާ ކުރިއެކޭވެސް އެއްގޮތަށް ނީލަން ކިޔުމަށް ވަނީ ހަމަޖެހިފައެވެ.
ނީލަމުގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން މިކުންފުނީގެ ކާގޯ ޑިޕާޓްމަންޓްގެ އީމެއިލް އެޑްރެސް؛[email protected] އަށް ބައިވެރިވާ ފަރާތްތަކުގެ އައި.ޑީ ކާޑް ކޮޕީ އަދި ގުޅޭނެ ފޯނު ނަންބަރު ޖެއްސެވުމަށްފަހު އީމެއިލް ކުރެއްވުންއެދެމެވެ. އީމެއިލް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 06 މެއި 2025 އިން 08 މެއި 2025 ގެ ނިޔަލަށެވެ.
ނީލަން ކިއުން އޮންނާނީ 14 މެއި 2025 ވާ ބުދަ ދުވަހުގެ ހެނދުނު 10:30 ގައެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ ލިސްޓް 06 މެއި 2025 ވާ އަންގާރަ ދުވަހުން ފެށިގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ޑޮމެސްޓިކް ކާގޯ ޑިޕާޓްމަންޓް (ކުރީގެ ކާގޯ އިމާރަތް/ޓާމިނަލް) އޮފީހުގެ ނޯޓިސް ބޯޑުގައި ބެހެއްޓިފައި ހުންނާނެއެވެ. ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް މިތަކެތި ދައްކާލުން އޮންނާނީ 13 މެއި 2025 ވާ އަންގާރަ ދުވަހުގެ ހެނދުނު 09:00 ގައެވެ.
ނީލަމުންނަގާ މުދާ 20 މެއި 2025 ވަނަ ދުވަހުގެ 16:00 ގެ ކުރިން މުދާ ނެންގެވި ފަރާތުން އެމުދަލެއް ނީލަމުގައި ނިމުނު އަގު އެމް.އޭ.ސީ.އެލް އަށް ދެއްކުމަށްފަހު ކްލިއަރ ކުރަންވާނެވެ. މުދަލައްވާ ފައިސާ ދެއްކުމަށްފަހު ނުގެންގޮސް ހުންނަ މުދާ ޑެމަރޭޖް ޗާޖާއި އެކު 22 މެއި 2025 ވަނަ ދުވަހުގެ 16:00 ގެ ކުރިން ނެރެންވާނެއެވެ. މި މުއްދަތުގެ ތެރޭގައި ނުގެންގޮސް ހުންނަ މުދާ ހަމަޖެހިފައިވާ އުސޫލެއްގެ ދަށުން ނައްތާލެވޭނެ ވާހަކަވެސް މިފުރުސަތުގައި ދެންނެވީމެވެ.