މާލެއަތޮޅު ދިއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަތޮޅު ކައުންސިލްގެ 14 ވަނަ ޤުރުއާން މުބާރާތަށް ފަރިތަކޮށްދޭނެ މުދައްރިސުން ހޯދުމާއިގުޅޭ!

ދިއްފުށީގެ ޤުރުއާނުގެ ތަޢުލީމު ކުރިއެރުވުމުގެ ގޮތުން އަތޮޅު ފެންވަރުގައި ބާއްވާ މުބާރާތްތަކުގައި ދަރިވަރުން ވާދަކޮށް، ކާމިޔާބު ހޯދާ ރަށަށް ރީތި ނަން ހޯދުމަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ މިކައުންސިލުން އިސްކަމެއްދީގެން ކުރިއަށްގެންދާ ހަރަކާތެކެވެ. މިހަރަކާތް އެންމެ އެކަށީގެންވާ ގޮތެއްގައި ގެންދިއުމަށްޓަކައި ދަރިވަރުން ތަމްރީނުކުރުމުގެ މަސައްކަތް މިކައުންސިލާއި ދިއްފުށީ ސްކޫލް ގުޅިގެން ވަނީ ފެށިފައެވެ. މިމަސައްކަތް އިތުރަށް ފުރިހަމަކޮށް ކުރިއަށް ގެންދިއުމަށްޓަކައި ކައުންސިލުން ތިރީގައިވާ މަޢުލޫމާތާއި އެއްގޮތަށް މުދައްރިސުން ނެގުމަށް ބޭނުންވެއެވެ.

  1. މަސައްކަތުގެ ތަފްޞީލް:

1.1.  މަސްޢޫލިއްޔަތުތައް

  • ހަވާލުކުރެވިފައިވާ މަސައްކަތް ދިއްފުށީ ސްކޫލުން ކަނޑައަޅާ ޝެޑިއުލްއާއިއެއްގޮތަށް ކުރުން.
  • ދިއްފުށީ ސްކޫލާއި ގުޅިގެން ދަރިވަރުން ތަމްރީނުކޮށްދިނުމަށް ކަނޑައެޅިފައިވާ ތާވަލާއި އެއްގޮތަށް ގަޑިތައް ނެގުން.
  • ދަރިވަރުންނަށް ދޭންޖެހޭ އެސެސްމެންޓްތައް ހެދުމާއި އެސެސްކުރުމުގައި ދިއްފުށީ ސްކޫލުން އަންގާ ގޮތެއްގެ މަތިން އެހީތެރިކަން ފޯރުކޮށްދިނުން.
  • އަތޮޅު ޤުރުއާން މުބާރާތާއި ގުޅިގެން ބާއްވާ ބައްދަލުވުންތަކަށް ހާޒިރުވެ ކަންކަން ކުރިއެރުވުމަށް ޙިޔާލާއި މަޝްވަރާ ދިނުން.
  • ދަރިވަރުންގެ ފަރިތަކުރުންތަކާއި ގުޅިގެން ސްކޫލާއި، ކައުންސިލަށް އަދި ބެލެނިވެރިންނަށް ޖަވާބުދާރީވުން.
  • ދަރިވަރުންގެ ފަރިތަކުރުންތައް އޮންނަ ދުވަސްތަކުގައި ފަރިތަކުރުންތަކުގެ އިތުރުން ދަރިވަރުންނާއި މުދައްރިސުން ބައިވެރިވާ ގުޅުންހުރި ހަރަކާތްތަކުގައި ބައިވެރިވުން.
  • ދަރިވަރުންގެ ކިޔެވުންތައް ބަލައި މޮނިޓަރކޮށް ރަނގަޅުކުރަންޖެހޭ ކަންކަމުގެ ލަފަޔާއި އިރުޝާދު ދިނުމާއި ރިކޯޑްސް ބެލެހެއްޓުން.
  • މީލާދީ ކޮންމެ މަހެއް ނިމުމުން އެމަހެއްގެ ހާޒިރީ ފުރިހަމަކޮށް ސްޕަވައިޒަރުގެ ސޮއިކުރުވާ ހިނގާމަހުގެ 05 ވަނަ ދުވަހުގެ ކުރިން ކައުންސިލަށް ހާޒިރީ ހުށަހެޅުން.
  • މަސައްކަތް ނިމުމުން މަސައްކަތާއި ގުޅިގެން ރަނގަޅުކުރަންޖެހޭ ކަންކަން ކައުންސިލަށް އެންގުން.

 

1.2.  މަސައްކަތްކުރަންޖެހޭ ތަން

  • މިއެއްބަސްވުމުގެ ދަށުން ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް ގެންދާނެ ތަން ކަނޑައަޅާނީ ދިއްފުށީ ސްކޫލުންނެވެ.
  • ދިއްފުށީ ސްކޫލުން އިތުރު ތަނެއް ނާންގާނަމަ ޢާންމުގޮތެއްގައި ފަރިތަކޮށްދިނުން ކުރިއަށްދާނީ ދިއްފުށީ ސްކޫލުގައެވެ.

 

1.3.  ބޭނުންވާ އަދަދު

  • އަތޮޅު ޤުރުއާން މުބާރާތަށް ފަރިތަކޮށްދިނުމަށް މުދައްރިސުންގެ ގޮތުގައި ނެގޭނީ ގިނަވެގެން 02 މުދައްރިސުންނެވެ.

 

1.4.  މުއްދަތު

  • ދަރިވަރުންނަށް ފަރިތަކޮށްދިނުމުގެ ކަންކަން ކުރިއަށް ގެންދާނީ އެއްބަސްވުމުގައި ސޮއިކުރާދުވަހުން ފެށިގެން އަތޮޅު ޤުރުއާން މުބާރާތް ފެށުމާއި ހަމައަށެވެ. 
  • އަތޮޅު ޤުރުއާން މުބާރާތް ފެށުމާއި ހަމައަށް މުއްދަތު ދެވިފައިވީނަމަވެސް ދިއްފުށީ ސްކޫލުން ވަކި ދުވަހަކާއި ހަމައަށް ފަރިތަކުރުންތައް ނިއްމާލަން ބޭނުންވާނަމަ މަސައްކަތުގެ މުއްދަތު ހަމަވާނީ އެދުވަހަކަށެވެ.

 

1.5.  ފެންވަރު ނުވަތަ ޝަރުތު

  • މިމަސައްކަތް ކޮށްދިނުމަށް އެދި ހުށަހަޅާ ފަރާތްތަކަކީ އެންމެ ދަށްވެގެން ޤިރާޢަތު ލެވެލް 04 ފުރިހަމަކޮށް، ޤުރުއާން ޓީޗިންގް ޑިޕްލޮމާ ހާސިލްކޮށްފައިވާ ފަރާތަކަށްވާންވާނެއެވެ.

 

1.6.  މަސައްކަތްކުރަންޖެހޭ ވަގުތު

  • މިމަސައްކަތް ކޮށްދިނުމަށް މުދައްރިސުންގެ ގޮތުގައި ހަމަޖެއްސޭ ފަރާތްތައް މަސައްކަތްކުރަންޖެހޭނީ މަދުވެގެން ދުވާލަކު 02 ގަޑިއިރުއެވެ.
  • މަސައްކަތްކުރާނީ ދިއްފުށީ ސްކޫލުން އަންގާ ދުވަސްތަކުގައެވެ. ޢާންމުގޮތެއްގައި ކިޔަވައިދިނުން ކުރިއަށް ގެންދާނީ ހަފްތާ ބަންދު ދުވަސްތަކުގައެވެ. 

 

1.7.  އުޖޫރަ

  • މުދައްރިސުންގެ ގޮތުގައި މަސައްކަތް ކުރުމަށް ނެގޭ ފަރާތްތަކަށް މަސައްކަތްކުރާ ކޮންމެ ދުވަހަކަށް 1000ރ (އެއްހާސް ރުފިޔާ)ގެ ރޭޓުން އެލަވެންސްއެއް ދެވޭނެއެވެ.
  • މިއެލަވަންސް ދެވޭނީ ކޮންމެ މަހައްގެވެސް ހާޒިރީ ޝީޓް ސުޕަވައިޒަރު ސޮއިކޮށް ހުށަހެޅުމުން ޖެހިގެން އަންނަމަހުގެ 15 ވަނަ ދުވަހުގެ ކުރިންނެވެ.

 

  1. މަސައްކަތް ހަވާލުކުރާނެ ފަރާތް ހޮވުން

2.1.   މިމަސައްކަތް ކޮށްދިނުމަށް އެދި ހުށަހަޅާ ފަރާތްތައް ހޮވޭނީ ކައުންސިލުން ކަނޑައަޅާ އިންޓަރވިއު ޕެނަލްއަކުން ތިރީގައިވާ މިންގަނޑުން ފާސްވާ ފަރާތްތަކެވެ.  

2.2.   މިމަސައްކަތަށް ޤާބިލް ފަރާތެއް ހޮވާނީ އިވެލުއޭޝަން ކުރައިޓީރިއާއިން 70 އިން މަތި ލިބޭ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ލިބޭ 02 ފަރާތެވެ.

50

  1. ޝަރުޠު ހަމަވުން

5

  1. އިތުރަށް ލިބިފައިވާ ތަޢުލީމު (ޝަރުތުހަމަކުރަން ބަލާ ސެޓްފިކެޓަށްވުރެ ދާއިރާއާއިގުޅޭ މަތީ ސެޓްފިކެޓެއް އޮތުން)

5

  1. ލިބިފައިވާ ތަޖުރިބާ

40

  1. އިންޓަރވިއު

 

 

 

 

 

 

ވީމާ، އަތޮޅު ޤުރުއާން މުބާރާތަށް ފަރިތަކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 14 މޭ 2025 ވާ ބުދަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން، ފުރިހަމަކޮށްފައިވާ ފޯމާއި، ލިބިފައިވާ ސެޓްފިކެޓް ތަކުގެ ކޮޕީއާއި، އައިޑީކާޑު ކޮޕީ އަދި ލިބިފައިވާ ތަޖުރިބާ ސާބިތުވާ ލިޔުންތަކާއިއެކީ މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިމަސައްކަތަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected]  މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

 

05 މޭ 2025
ހޯދާ