މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
މަތީ އަރުތަވެރީންގެ ހަފްލާ 2024 މެނޭޖްކޮށްދޭނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

މަތީ އަރުތަވެރީންގެ ހަފްލާ 2024 މެނޭޖްކޮށްދޭނެ ފަރާތެއް ހޯދުން

1. މަތީ އަރުތަވެރީންގެ ހަފްލާ 2024 މެނޭޖްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ މިމަސައްކަތް ކޮށްދިނުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުތު ފުރިހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

2. މި ބީލަމަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް އަދި މަސައްކަތުގެ ތަފްސީލް ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

3. މި ބީލަމުގައި ރަޖިސްޓްރީ ކުރުމަށް 2025 މޭ 05 ން 2025 މޭ 10 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

ބިޑް ރަޖިސްޓްރޭޝަން ފޯމްގެ ލިންކު: forms.moe.gov.mv

4. މިޕްރޮކިއުމަންޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2025 މޭ 10 ވަނަ ދުވަހުގެ ކުރިން މި އިޢުލާންގެ 9 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.

5. ބީލަން ހުޅުވުން އޮންނާނީ 2025 މޭ 12ވަނަ ދުވަހުގެ 11:00 ގައި (ވެލާނާގެ 09 ވަނަ ފަންގިފިލާ) މީޓިންގ ރޫމް 03 ގައެވެ.

6. މި ބީލަމާގުޅޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި މިއިއުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް  www.moe.gov.mv  އިން 2025 މޭ 05 ވަނަ ދުވަހުން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.

7. މިބީލަމާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ސެކްޝަން

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

ވެލާނާގެ، 9 ވަނަ ފަންގިފިލާ

އަމީރު އަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ.

ފޯން:    3041242 / 3041249

އީ-މެއިލް: [email protected]  

ކޮޕީ-މެއިލް:  [email protected]

ރަޖިސްޓްރޭޝަން ފޯމްގެ ލިންކު: forms.moe.gov.mv

05 މޭ 2025
ހޯދާ