ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ
މޯލްޑިވްސް ޕޮލިޓެކްނިކް ގއ. ވިލިނގިލި ކެމްޕަހުގެ ސެކިއުރިޓީ 1 (އެކެއް) އަހަރުދުވަހަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް އެދި ކުރެވުނު ނަންބަރު IUL)213-PR/1/2015/47) އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2015 ސެޕްޓެންބަރު 01 ވާ އަންގާރަ ދުވަހުގެ 10:30 އަށް ގއ. ވިލިނގިލި އަތޮޅު ތަޢުލީމީ މަރުކަޒުގެ މީޓިންގރޫމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 ސެޕްޓެންބަރު 07 ވާ ހޯމަ ދުވަހުގެ 10:30އަށް ގއ. ވިލިނގިލި އަތޮޅު ތަޢުލީމީ މަރުކަޒުގެ މީޓިންގރޫމަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައެއްނުގަނެވޭނެއެވެ.