މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޤަވާއިދާ ޚިލާފަށް ކުނި އެންދުމާއި ގުޅޭ

އިޢުލާން

 

ޤަވާއިދާ ޚިލާފަށް ކުނި އެންދުމާއި ގުޅޭ

މިހާރަކަށް އައިސް ކައުންސިލުގެ ހުއްދަ ހޯދުމަކާނުލާ އަދި ރައްކާތެރި ގޮތުގައި ކުނި ނައްތާލުމާބެހޭ ޤަވާއިދާ ޚިލާފަށް ރަށުގެ އެކިއެކި ސަރަޙައްދުތަކާއި ގެވަޅުތަކާއި ގޯތިތަކުގައި ކުނި އަންދާކަން ފާހަގަ ކުރެވިފައި ވެއެވެ. އަދި ކުނި އެންދުމުގެ ސަބަބުން މަގު ހިނގާ މީހުންނަށާއި ގޯތި ގެދޮރުގައި ދިރިއުޅޭ ފަރާތްތަކަށް އެކަމުގެ އުނދަގޫ ފޯރަމުންދާތީ އެކަމުގެ ޝަކުވާ މި ކައުންސިލަން ލިބެމުން އަންނަ ވާހަކަ ދަންނަވަމެވެ.

ރައްކާތެރި ގޮތުގައި ކުނި ނައްތާލުމާއި ބެހޭ ގަވާއިދާ ޚިލާފަށް އަދި ތިމާވެށި ހިމާޔަތް ކުރުމުގެ ޤާނޫނައި ޤަވާއިދާ ޚިލާފަށް އާންމު ތަންތަނާއި ފަޅު ގޯތިތަކާއި ދިރިއުޅޭ ގޯތިތަކުގައި ކުނި އެންދުމަކީ މީގެ ކުރިންވެސް މަނާކުރެވި އެކަން އެގޮތަށް ނުކުރުމަށް އެންގިފައިވާ ކަމެއް ކަމުގައި ދަންނަވަމެވެ.

ވީމާ، މިއަދުން ފެށިގެން ޤަވާއިދާ ޚިލާފަށް ކުނި އަންދާ ފަރާތްތަކާއި، ގޯތިތަކާއި ގެވަޅުތަކުގެ ވެރިފަރާތްތަކާއި މެދު ޤަވާއިދު ނަންބަރ: 2013/R-740 (ކުނި އުކާލުމާއި ކުނި ނައްތާލުމާބެހޭ ޤަވާއިދު) އާއި މި ޤަވާއިދުން ބާރުލިބިގެން ހަދާފައިވާ އުސޫލު " ރައްކާތެރި ގޮތުގައި ކުނި މެނޭޖްކުރުމާއި ކުނި ނައްތާލުމާއި ބެހޭ އުޞޫލު" ގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާއި ޖޫރިމަނާ ކުރަމުން ގެންދާނެ ވާހަކަ ދަންނަވަމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމައްޓަކައި އިޢުލާން ކުރީމެވެ.

07 ޛުލްޤަޢިދާ 1446

05 މޭ 2025
ހޯދާ