ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
                    
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
1446 ވަނައަހަރު އަޟްޙާ ޢީދު ކުލަ ގަދަ ގޮތެއްގައި ފާހަގަ ކުރުމާ ގުޅޭ
                                
އިޢުލާން
1446ވަނަ އަހަރު (މިއަހަރު) ގެ އަޟްޙާ ޢީދު ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމުގެ ގޮތުން، ތަފާތު އެކިއެކި ކުޅިވަރުގެ ޙަރަކާތްތަކާއި އިޖްތިމާޢީ ޙަރަކާތްތައް މިރަށުގެ އެކިއެކި ކުލަބް ޖަމިއްޔާ ޖަމާޢަތްތައް މެދުވެރިކޮށް މި ކައުންސިލުގެ އެހީތެރިކަމާއެކު ކުރިޔަށް ގެންދިޔުމަށް މި ކައުންސިލުން ވަނީ ނިންމާފައެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ، ރަޖިސްޓްރީކޮށްފައިވާ ކުލަބު ޖަމިއްޔާ ޖަމާޢަތްތަކުން 12 މޭ 2025 ވާ ހޯމަ ދުވަހުގެ 11:00 އަށް، މި އިދާރާއަށް ދުރުވެ ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވައިލެވިފައިވާކަން، ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
             05 މޭ 2025
            
        
                    ހޯދާ  
                
                