ދިވެހިރާއްޖެ
ޖުވެނައިލް ކޯޓު ހިންގަމުންގެންދާ އިމާރާތަށް ބޭނުންވާ ސެކިއުރިޓީ ކެމެރާ ސަޕްލައިކޮށް ހަރަކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު F/2013/44-ފ198 (3 ޖޫން 2015) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތައް މި ޑިޕާޓްމަންޓުން ދީފައިވާ ރިކްއަރމަންޓަށް ނުފެތޭތީ، އެ އަންދާސީހިސާބުތައް ބާޠިލުކޮށް، އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވައިލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 31 އޮގަސްޓު 2015 ވަނަ ދުވަހުގެ 11:00 އަށް މިޑިޕާޓްމަންޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 06 ސެޕްޓެންބަރު 2015 ވަނަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު މިޑިޕާޓްމަންޓަށް ހުށަހެޅުއްވުން އެދެމެވެ.
އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ދުވަހު ގަޑިއަށް މިޑިޕާޓްމަންޓަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށެވެ.
މިހެންވެ އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
10 ޛުލްޤަޢިދާ 1436