ދިވެހިރާއްޖެ
ސްކޮލަރޝިޕް ފުރުސަތު: ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ އިން އިންޓަގްރޭޓަޑް މަލްޓިމީޑީއާ ޖާނަލިޒަމް
ރާއްޖޭގެ މީޑީއާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ސައުތް އޭޝިއަން ފައުންޑޭޝަން އިން އިންޑިއާގެ ޗެއްނާއިގައި ހުންނަ އޭޝިއަން ކޮލެޖް އޮފް ޖާނަލިޒަމް ގައި "ޕޯސްޓްގްރެޑުއޭޓް ޑިޕްލޮމާ އިން އިންޓަގްރޭޓަޑް މަލްޓިމީޑިއާ ޖާނަލިޒމް" ކޯސް ފުރިހަމަ ކުރުމަށް ސްކޮލަރޝިޕް ފުރުސަތު ހުޅުވާލަމެވެ.
މި ސްކޮލަޝިޕާއި ގުޅޭ އިތުރު މައުލޫމާތު ތިރީގައި މިވަނީ އެވެ.
ކޯހުގެ ނަން: ޕޯސްޓްގްރެޖުއޭޓް ޑިޕްލޮމާ އިން އިންޓަގްރޭޓަޑް މަލްޓިމީޑީއާ ޖާނަލިޒަމް
މުއްދަތު: 2025-2026
ކޯސްފެށުމަށް ހަމަޖެހިފައިވާ ތާރީޚް: 28 ޖޫން 2025
ކޯސް ނިމުމަށް ހަމަޖެހިފައިވާ ތާރީޙް: 3 މެއި 2026
ކިޔެވުމަށް ހަމަޖެހިފައިވާ ތަން: އޭޝިއަން ކޮލްޖް އޮފް ޖާނަލިޒަމް/ ޗެއްނާއި އިންޑިއާ
ކޯހުގެ ޝަރުތު:
ކޯހަށް އެދި ހުށަހަޅާ ފަރާތަކީ ބެޗިލާރސް ޑިގްރީ ފުރިހަމަކޮށްފައިވާ ފަރާތެއް ކަމުގައިވާން ޖެހެ އެވެ. އަދި އިނގިރޭސި ބަހަށް ފަރިތަ ކަމާއި އެކު ލިޔަން ކިޔަން ދަންނަ މީހަކަށްވާންވެ އެވެ.
މި ކޯހަށް ޝަރުތު ހަމަވާ ދެ ފަރާތެއް ހޮވުމަށް ޝޯޓް ލިސްޓް ކުރާނީ މި ކޮމިޝަނުންނެވެ. ޝޯޓްލިސްޓް ކުރާ ފަރާތްތަކުގެ މައުލޫމާތު އޭޝިއަން ކޮލެޖް އޮފް ޖާނަލިޒަމް އާ ހިއްސާ ކުރުމުން އެ ފަރާތުން އިންޓަވިއުކޮށް އެންމެ މޮޅު 1 ނުވަތަ 2 ދަރިވަރުން މި ކޯހަށް ހޮވާނެ އެވެ.
ހޮވޭ ފަރާތްތަކަށް ތިރީގައިވާ ކަންކަން ސްކޯލަޝިޕްގެ ދަށުން ހަމަޖެހޭނެ އެވެ.
- އިންޑިއާ ޗެއްނާއި ދިއުމަށް ޓިކެޓް
- އެކޮމޮޑޭޝަން ހަރަދު
- ކެއުމުގެ ހަރަދު
- ޕޮކެޓް މަނީ
މި ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އަންނަނިވި ލިޔުންތައް 15 މެއި 2025 ގެ 14:00 ގެ ކުރިން މި ކޮމިޝަނަށް ހުށެހެޅުމަށް އެދެމެވެ.
- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް ( މި އިއުލާނާއި އެޓޭޗް ކުރެވިފައި)
- ކަވަރ ލެޓާ ( މި ކޯހަށް އެދި ހުށަހަޅާ ސަބަބު ބަޔާންކޮށް ލިޔާ ލިޔުން)
- ޕާސްޕޯޓް ސައިޒު ފޮޓޯ
- މުއްދަތު ހަމަ ނުވާ ޕާސްޕޯޓް ކޮޕީ (ކޯހުގެ މުއްދަތުގައި ޕާސްޕޯޓް ހަމަވެގެން ނުވާނެ)
- ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އޯ ލެވެލް އަދި އޭލެވެލް)
- އެޓެސްޓްކޮށްފައިވާ ބެޗިލާސް ޑިގްރީގެ ކޮޕީ
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް:
މި ކޯހާއި ގުޅޭ އިތުރު މައުލޫމާތު ތިރީގައި މިވާ ލިންކުގައި ވާނެ އެވެ.
އީމެއިލް: [email protected]
ފޯނު: 3334333 / 3334320