މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ.އަތޮޅު ފުޓްސަލް މުބާރާތަށް ތައްޔާރުވުމާއި ގުޅޭ

                ރ.އަތޮޅު ފުޓްސަލް، މުބާރާތަށް ތައްޔާރުވުމުގެ ގޮތުން،ޓީމް އެކުލަވާލުމަށްޓަކައި ޓީމުގައި ބައިވެރިވުމުގެ ފުރުޞަތު  30 ޖޫން 2025 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލަމެވެ.  ވީމާ، ރަށުގެ ފުޓްސަލް ޓީމުގައި ބައިވެރިވާން ޝައުގުވެރިވާ ޒުވާނުންނާއި ދަރިވަރުން ތިރީގައި މިވާ ގޫގުލް ފޯމް ފުރިހަމަ ކުރެއްވުން  އެދެމެވެ. 18 އަހަރުން ދަށުގެ ކުދިންނާއި ސުކޫލް ކުދިންނަށް ބައިވެރިވެވޭނީ އެޑިއުކޭޝަން މިނިސްޓްރީން ހެދިފައިވާ ޤަވާއިދުތަކާއި އެއްގޮތްވާގޮތުގެ މަތިންނެވެ. މީގެ އިތުރުން އެކުއްޖަކު މުބާރާތުގައި ބައިވެރިވުމާއި މެދު ބެލެނިވެރިޔާ އަދި ސްކޫލް އިޢުތިރާޒް ނުކުރާކަމުގެ ލިޔުމެއް ކައުންސިލަށް ހުށަހެޅުމުންނެވެ.

             ފޯމް ލިންކު: https://forms.gle/7NPLQJUHM7a3msL69

              ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.  

05 މޭ 2025
ހޯދާ