ދިވެހިރާއްޖެ
ކެނދިކުޅުދޫ ސްކޫލުގެ 2 ކްލާސްރޫމް/ މަލްޓިޕަރޕަސްހޯލް ޢިމާރާތްކުރާނެ ފަރާތެއް ހޯދުމަށް
ކެނދިކުޅުދޫ ސްކޫލްގެ 2 ކްލާސްރޫމް/ މަލްޓިޕަރޕަސްހޯލް އަމިއްލަ ތަކެތީގައި ޢިމާރާތްކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތެއް ހޯދުމަށް 13 ޖުލައި 2015ގައި ކުރި އިޢުލާނާ ގުޅިގެން ހުށަހެޅި އަންދާސީހިސާބުގެ އަގުތައް އެކަށީގެންވާ ވަރަށްވުރެ ބޮޑުކަމަށް ފެންނާތީ އެ އިޢުލާން ބާޠިލުކޮށް، އެފުރުޞަތު އަލުން ހުޅުވާލަމެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
އަންދާސީހިސާބު ހުށަހެޅުމަށް |
މަޢުލޫމާތު ސާފުކުރުމަށް |
10 ސެޕްޓެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 13:00 |
03 ސެޕްޓެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 13:00 |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 9955225 ނަންބަރު ފޯނާއެވެ.