ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލަށް ސަރވަރ އެއްގަނެ ސަޕްލައިކުރުން

މި އިޢުލާން އާއި އެކު އާންމުކޮށްފައިވާ ސްޕެސިފިކޭޝަން ހިމެނޭ ސަރވަރ އެއްގަނެ ސަޕްލައި ކޮށްދޭނޭ ފަރާތެއް ބޭނުންވެއްޖެއެވެ. މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 14 މޭ 2025 ވަނަ ދުވަހުގެ 13:30 މިކައުންސިލަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އޮންލައިންކޮށް އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުން އަންދާސީ ހިސާބު ފޮނުއްވަންވާނީ ފައިލްގައި ޕާސްވޯޑް އެއް ޖެއްސެވުމަށްފަހު https://message.gov.mv  މެދުވެރިކޮށް ވަގުތު ހަމަވުމުގެ ކުރިންނެވެ. މިގޮތަށް ފޮނުއްވާ މެސެޖްގައި ގުޅޭނޭ ފޯނު ނަންބަރު ޖައްސަވަންވާނެއެވެ. މިގޮތަށް ފޮނުއްވަން ވާނީ އަމިއްލަ ފަރުދުންގެ ވިޔަފާރި އަކުން ނަމަ މަސްޢޫލުވެރިޔާގެ އެކައުންޓް އަދި ކުންފުނި/ޕާޓްނަރޝިޕަކުން ނަމަ މެނޭޖިންގ ޑިރެކްޓަރ/މެނޭޖިންގ ޕާޓްނަރ ގެ އެކައުންޓުންނެވެ.

ޕޮއިންޓް ދެވޭނޭގޮތް:

- މަސައްކަތްކުރުމަށް ހުށަހަޅާ އަގު: %90 (އެންމެ ކުޑަ އަގެއް ހުށަހަޅާ ފަރާތަކަށް 90 މާކްސް ލިބޭގޮތަށް)

- މުއްދަތު: 5% (އެންމެ ކުރު މުއްދަތެއް ހުށަހަޅާ ފަރާތަކަށް 5 މާކްސް ލިބޭގޮތަށް)

- ތަޖުރިބާއަށް %5 (މަސައްކަތު ދާއިރާގެ ތަޖުރިބާ 5 ލިޔުމަށް، ހުށަހަޅާ ލިޔުމަކަށް 1 މާކްސް ލިބޭގޮތަށް)

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

04 މޭ 2025
ހޯދާ