ރިނބުދޫ ސްކޫލް
ދިވެހިރާއްޖެ
ރިނބުދޫ ސްކޫލްގެ ދަރިވަރުންގެ ފާޚާނާތައް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

 

 

ރިނބުދޫ ސްކޫލް

ދ. ރިނބުދޫ، ދިވެހިރާއްޖެ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 (IUL)GS-172/2025/08 :ނަމްބަރު

ރިނބުދޫ ސްކޫލްގެ ދަރިވަރުންގެ ފާޚާނާތައް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ:

    މިސްކޫލްގެ  ދަރިވަރުންގެ ފާޚާނާތައް   އަމިއްލަތަކެތީގައި  މަރާމާތުކޮށްދޭނެ  ފަރާތެއް  ހޯދުމަށް ކުރި ނަމްބަރު:  (IUL)GS-172/2025/07  އިޢުލާނާއި ގުޅިގެން މިކަމަށް ހުށަހެޅި އަންދާސީހިސާބުތަކުގެ އަގުތައް ބޮޑުކަމަށް ފެންނާތީ، އަލުން މިކަމަށް އިޢުލާނުކުރަމެވެ.  ވީމާ، މި ކަމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

މި ބީލަންމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 06  މެއި 2025  ވާ އަންގާރަ ދުވަހުގެ 13:00 ގެ ނިޔަލަށް،  ނަން ނޯޓް ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށް އެކަންޏެވެ.

ނަންނޯޓްކުރުމަށް ގުޅުއްވާނީ ރަސްމީ ގަޑީގައި 7952917 ފޯނާއެވެ. ނުވަތަ ސްކޫލްގެ އީމެއިލް  [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.

މަސައްކަތާއި ގުޅޭ މަޢުލޫމާތުދިނުމުގެ ސެޝަން އޮންނާނީ 07 މެއި 2025 ވާ ބުދަ ދުވަހުގެ 11:15 ގައި ރިނބުދޫ ސްކޫލްގައެވެ.

  1. މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ  07 މެއި 2025  ވާ ބުދަ ދުވަހުގެ 11:15  ގެ ކުރިން ތިރީގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.  މަސައްކަތާއި ގުޅޭ ބީލަންފޮތް ގެޒެޓްކުރެވިފައިވާނެއެވެ.
  2. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 13 މެއި2025 ވާ އަންގާރަ ދުވަހުގެ 11:15 ގައި ރިނބުދޫ ސްކޫލްގައެވެ.
  3. މި މަސައްކަތާއި ގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

- ރިނބުދޫ ސްކޫލް

- ދ. ރިނބުދޫ     

- ފޯން: 7952917                                                       

- އީ-މެއިލް: [email protected]

                                        06 ޛުލްޤަޢިދާ 1446

04 މެއި 2025

04 މޭ 2025
ހޯދާ