ދިވެހިރާއްޖެ
ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އިން 2025 އެޕްރީލް 15 ވީ އަންގާރަ ދުވަހު ފޮނުވާފައިވާ ނަންބަރު 485-TE/221/2025/1 ސިޓީއާއި ހަވާލާދީ ދަންނަވަމެވެ.
ފެނަލަ ކޯޕަރޭޝަން ލިމިޓެޑުން ނަރުދަމާ ޙިދުމަތްދޭ ރަށްތަކުގައި، ގޭގޭގައި ބަހައްޓާފައިވާ ކެޗްޕިޓުގެ އިތުރުން ދާގަނޑު ލީ ކެޗްޕިޓު (ފިލްޓަރ ޖަންކްޝަން) ބަހައްޓަންހެޖޭ ކަމަށް އަންގާ އެއްގުމަކީ ފެނަކަ ކޯޕަރޭޝަނަށް ލިބިގެން ވާ ހައްގެން ނޫކަމަށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އިން މި އިދާރާއަށް ފޮނުވާފައިވާ ސިޓީގައި ވަނީ ބަޔާންކޮށްފައެވެ. އަދި މިފަދަ ޖަންކްޝަންތަކަކީ 1990 ގެ އަހަރުތަކުގައި މާލޭގައި ބޭނުން ކުރެވި، އަދި އޭގެ ސަބަބުން އިޖުތިމާޢީ މައްސަލަތަކެއް ކުރިމަތިވުމުގެ ސަބަބުން 1998 ން ފެށިގެން ރާއްޖޭގެ އެއްވެސް ރަށެއްގައި ނަރުދަމާގެ ޚިދުމަށް ދިނުމުގައި ބޭނުން ކުރުން މޯލްޑިވްސް ވޯޓަރ ސެނިޓޭޝަން އޮތޯރިޓީ (އެމް. ޑަބްލިޔު، އެސް. އޭ) އިން މަނާކޮށްފައިވާ ޖަންކުޝަންއެކެވެ.
ވީމާ، މިކަން ރައްޔިތުންގެ މަޢުލޫމާތަށްޓަކައި އެންގުމަށް ޢިއުލާން ކުރީމެވެ.