ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ / ކޮމިޓީތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭ

މިކައުންސިލްގެ 2025 ވަނަ އަހަރުގެ މަސައްކަތު ތާވަލުގައިވާ ގޮތުގެމަތިން މިއަތޮޅުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުން އަތޮޅުގެ ރަށްރަށުގައި ހިންގާ މުޖުތަމައުއާ ގުޅުންހުރި އެކިއެކި މަޝްރޫޢުތައް ހިންގުމަށް ބޭނުންވާ މަލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މާލީ އެހީގެ ގޮތުގައި މިއަހަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ / ކޮމިޓީ ތަކަށް ދޫކުރުމަށް ހަމަޖެހެހިފައިވަނީ ޖުމްލަ -/ 50,000ރ (ފަންސާސް ހާސް ރުފިޔާ) އެވެ. މާލީ އެހީ ދިނުމަށް ހަމަޖެހިފައިވަނީ މުޖުތަމައަށް ފައިދާވާގޮތަށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ / ކޮމިޓީތަކުން ހިންގާ މަޝްރޫޢުތަކަށެއެވެ. މިއަހަރު އެހީދިނުމަށް ހަމަޖެހިފައިވަނީ އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ 2 އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށެވެ. މިގޮތުން ކޮންމެ ކޮމިޓީތަކަށް ދެވޭނީ ގިނަވެގެން /-25،000ރ (ފަންސަވީސް ހާސް ރުފިޔާ)އެވެ.  

ވީމާ، މި އެހީއަށް އެދި ހުށަހަޅަން ބޭނުންވާ މި އަތޮޅުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ / ކޮމިޓީތަކުން ހިންގާ މަޝްރޫޢުތަކަށް ފައިސާގެ އެހީ ހޯދުމަށް ހުށަހަޅާ ފޯމު" ފުރިހަމަ ކުރުމަށްފަހު، ބޭނުންވާ ލިޔެކިޔުމާއި އެކު 2025 މެއި 15 ވަނަ ދުވަހުގެ 14:00ގެ ކުރިން މި ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް ކުރައްވާނަމަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. އެހީއަށް އެދި ހުށަހަޅާ ފޯމާއި، އެހީ ދިނުމުގެ އުސޫލު މި އިޢުލާނާއެކު އާންމުކުރީމެވެ.

04 މޭ 2025
ހޯދާ