ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޚާއްޞަ އެހީތެރިކަމާއި ރައްކާތެރިކަން ބޭނުންވާ ފަރާތްތަކުގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް ފުރުޞަތު ހުޅުވާލުން

އިޢުލާން

 

އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (ނަންބަރު:2010/7) ގެ 22 ވަނަ މާއްދާގައިވާ ގޮތުގެމަތިން ޚާއްޞަ އެހީތެރިކަމާއި، ރައްކާތެރިކަން ބޭނުންވާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލައި ބަލަހައްޓަން ޖެހެއެވެ. މިގޮތުން މިރަށުގައި ދިރިއުޅެމުންދާ ޚާއްޞަ އެހީތެރިކަމާއި، ރައްކާތެރިކަން ބޭނުންވާ ފަރާތްތަކަށް ދަފްތަރުގައި ރަޖިސްޓްރީ ކުރުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މިދަފްތަރުގައި ރަޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތައް ނުވަތަ އެފަރާތްތަކުގެ ބެލެނިވެރިން 08 މެއި 2025 ވާ ބުރާސްފަތި ދުވަހު 13:30 ކުރިން، ލިޔުމުން މިކައުންސިލަށް ހުށަހެޅުމަށް ދަންނަވަމެވެ.

މިގޮތުން، "ނުކުޅެދުންތެރިކަން ހުންނަ ފަރާތެއްކަން އަންގައިދޭ ކާޑު" އޮތް ފަރާތްތަކުން، ލިޔުމާއިއެކު ކާޑުގެ ކޮޕީ ނުވަތަ ނޭޝަނަލް ޕްރޮޓެކްޝަން އެޖެންސީ (NSPA) އިން ދޭ އެލަވަންސް ލިބޭ ފަރާތެއްކަން އަންގައިދޭ ލިޔުމެއް ހުށަހަޅަންވާނެއެވެ.

 

ނޯޓް:  އެފަދަ ޙާލަތުގައި ދިރިއުޅޭ، ނަމަވެސް ނޭޝަނަލް ޕްރޮޓެކްޝަން އެޖެންސީ (NSPA) ގައި ރަޖިސްޓްރީވެފައި ނުވާ ފަރާތްތައް ރަޖިސްޓްރީވުމަށް މި ކައުންސިލުން އެހީތެރިކަމާއި އިރުޝާދު ދޭނެ ވާހަކަވެސް ދެންނެވީމެވެ.

 

             ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

 

04 މޭ 2025
ހޯދާ