މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ. ވެޓެރަންސް ފުޓްސަލް ޗެލެންޖް 2025 ގެ ސްޕޮންސަރޝިޕް ފުރުސަތު

އިޢުލާން

ރ. ވެޓެރަންސް ފުޓްސަލް ޗެލެންޖް 2025 ގެ ސްޕޮންސަރޝިޕް ފުރުސަތު

ރަސްމާދޫ ކައުންސިލާއި ރަސްމާދޫ ޑިވެލޮޕްމަންޓް އެސޯސިއޭޝަން ގުޅިގެން ރ. އަތޮޅުގެ އުމުރުން ދުވަސްވީ ފަރާތްތަކަށް ޙާއްސަކޮށްގެން "ރ. ވެޓެރަންސް ފުޓްސަލް ޗެލެންޖް 2025" ގެ ނަމުގައި މުޅި އަތޮޅަށް ހުޅުވާލައިގެން ފުޓްސަލް މުބާރާތެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 01 ޖުލައި 2025 ގައެވެ. މި އަހަރުގެ މުބާރާތުގައި އަތޮޅު ތެރޭގެ 11 ރަށަކުން ބައިވެރިވެފައިވެއެވެ. އަދި މިއީ މިފަދަ މުބާރާތެއް ދުވަސްވީ ބޭފުޅުންނަށް އަމާޒުކޮށްގެން ބޭއްވޭ ފުރަތަމަ ފަހަރުކަންވެސް ފާހަގަކޮށްލަމެވެ.

 

މި މުބާރާތުގައި ސްޕޮންސަރ ކުރުމުގެ ގޮތުން ތިރީގައިވާ ފުރުސަތުތައް ހުޅުވާލަމެވެ:

ގްރައުންޑް ބެނަރ

16 * 2 ފޫޓު

3500 ރުފިޔާ

އޯވަރހެޑް ބެނަރ

8 * 1.5 ފޫޓު

2500 ރުފިޔާ

 މިފަދަ މުބާރާތެއް ސްޕޮންސަރ ކުރުމުން ކުދި ވިޔަފާރިތަކަށް ލިބޭނެ ފައިދާތައް:

-         މުޅި އަތޮޅަށް ވިޔަފާރި އިޝްތިހާރުވެ އިނގިގެން ދިޔުން.

-         ސްޕޮންސަރުންގެ ލޯގޯ މުބާރާތާ ގުޅޭ ހުރިހާ ޕޯސްޓަރުތަކެއްގައި ހިމެނުން.

ވީމާ، މި ފުރުސަތުގައި ބައިވެރިވެ، ވިޔަފާރީގެ ނަން ރ. އަތޮޅުގެ ފެންވަރުގައި އިޝްތިހާރުކުރުމުގެ މި ރަނގަޅު ފުރުސަތުގައި ބައިވެރިވެވަޑައިގަތުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން މުޙައްމަދު ނަބީލް (9698745) އާ ގުޅުއްވުމަށް ދަންނަވަމެވެ.

ބޭންކް އެކައުންޓްގެ މައުލޫމާތު:

އެކައުންޓް ނަމްބަރ: 7717700404001

އެކައުންޓްގެ ނަން:  1347Revenue 1

04 މޭ 2025
ހޯދާ