މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މޯލްޑިވްސް އެމަރޖެންސީ މެޑިކަލް ސަރވިސަސް އަށް ބޭނުންވާ 6 (ހައެއް) ބެންޗް ޗެއަރ ސަޕްލައިކޮށްދޭނެ (ސްޕެސިފިކޭޝަންނާ އެއްގޮތައް) ފަރާތެއް ހޯދުމަށް

އިޢުލާން 

 

މޯލްޑިވްސް އެމަރޖެންސީ މެޑިކަލް ސަރވިސަސް އަށް ބޭނުންވާ  6 (ހައެއް) ބެންޗް ޗެއަރ ސަޕްލައިކޮށްދޭނެ (ސްޕެސިފިކޭޝަންނާ އެއްގޮތައް) ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.  

ވީމާ، މަތީގައިވާ އައިޓަމް ސަޕްލައި ކޮށްދެވޭނެ ފަރާތްތަކުން 10 މޭ 2025 ވާ ހޮނިހިރު ދުވަހުގެ 10:00 ގެ ކުރިން   ކޯޓޭޝަން [email protected]  އަށް މެއިލް  ކޮށްދެއްވުން އެދެމެވެ. ކޯޓޭޝަންގައި މިތަކެތި ސަޕްލައި ކޮށްދޭނޭ އަގު، މުއްދަތު ، ކުންފުނީގެ ސީލް އަދި ވެރިފަރާތުގެ ސޮއި ހިމަނާފައި އޮންނަންވާނެއެވެ. އަދި ކޯޓޭޝަން ވެލިޑިޓީގެ ގޮތުގައި 30 ދުވަސް އޮންނަވާނެއެވެ. ތަކެއްޗާއި ގުޅޭ މަޢުލޫމާތު ޝީޓް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

 ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު:19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

 

04 މޭ 2025
ހޯދާ