ދިވެހިރާއްޖެ
އިޢުލާން
ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އާޓްސްއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ޗައިނީޒް ލޭންގުއޭޖް ބޭސިކް" ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ދެވޭނީ ފޯމު ހުށަހަޅާ ތަރުތީބުންނެވެ. ފޯމު ބަލައިގަތުމަށް ހަމަޖެހިފައި 23 އެޕްރީލް 2025 ވާ ބުދަ ދުވަހުން 7 މެއި 2025 ވާ ބުދަ ދުވަހުގެ 23:59 ގެ ނިޔަލަށެވެ.
މި ކޯހާއިގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، [email protected] އަށް އީމެއިލް ކުރެއްވުމުން އެ މަޢުލޫމާތެއް ލިބިވަޑައިގަންނަވާނެއެވެ.
ފެކަލްޓީ އޮފް އާޓްސް
:ކޯސް ފެށޭ ތާރީޚު |
13 މޭ 2025 |
:ކޯސް ހިންގޭނެ ގޮތް |
ކުލާސްތަކަށް ހާޒިރުވެގެން |
:ކޯހުގައި ކިޔަވައިދޭނެ ދުވަސްތަކާއި ވަޤުތުތައް |
އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހުގެ 19.00އިން 21.00އަށް |
:ޖާގައިގެ ޢަދަދު |
30 |
:މުއްދަތު |
10 ހަފުތާ |
:އުމުރުފުރާ |
15 އަހަރުން މަތި |
:ކޯސް ފީ |
-/2500 |
ކޯހަށް އެޕްލައި ކުރުމަށް މި ލިންކަށް ފިއްތާލައްވާ:
Application Form - Chinese Language Basic
6 ޛުލްޤަޢިދާ 1446