ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ.ތަކަންދޫ މަގުތަކުގައި އަލަށްޖަހާ ހޮޅިދަނޑިތަކުގެ ބުޑު އެޅުމާއި ކޭބަލް ވަޅުލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

                 މިކައުންސިލުން ދޭ މަޢުލޫމާތައި އެއްގޮތަށް ހއ.ތަކަންދޫ މަގުތަކުގައާއި ގޯޅިތަކުގައި އަލަށްޖަހާ ހޮޅިދަނޑިތަކުގެ ބުޑު އެޅުމާއި ކޭބަލް ވަޅުލުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

                ވީމާ، މިމަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން މިއިދާރާއަށް ވަޑައިގެން ބީލަން ހުށަހެޅުއްވުމަށް ދަންނަވަނެވެ.             ބީލަމުގައި ރަޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކުން 2025 މޭ 11 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭފޯމް ފުރުއްވައި މި އިދާރާގެ އީމެއިލް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. އަދި ރަސްމީގަޑީގައި މި އިދާރާއިން ފޯމް ބަލައިގަތުމުގެ އިންތިޒާމު ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ. މި މަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2025 މޭ 18 ވާ އާދިއްތަ ދުވަހު 13:00 ގައި ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލް އިދާރާގެ ކޮންފަރެންސް ރޫމުގައެވެ. މައުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކަށް ބީލަމުގައި ބައިވެރި ނުވެވޭނެވާހަކަ ދަންނަވަމެވެ.

 

އަންދާސީ ހިސާބު ހުށަހެޅުން

             ބީލަން ހުޅުވުން އޮންނާނީ 2025 މޭ 27 ވާ އަންގާރަ ދުވަހުގެ 10:00 ގައި ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލް އިދާރާގެ ކޮންފަރެންސް ރޫމުގައެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ، ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީ ހިސާބުތަކާއި، އީމެއިލް މެދުވެރިކޮށް ފޮނުއްވާ ބީލަންތައް ބަލައި ނުގަންނާނެކަމާއި، އަދި މަޢުލޫމާތު ފުރިހަމަނުވާ ބީލަންތައް ބާޠިލުވާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ބީލަން ހުށަހަޅަން ވެރިފަރާތް ނޫން އެހެން ފަރާތަކުން ހާޒިރުވާނަމަ އިޢުތިރާޒެއްނެތް ކަމުގެ ލިޔުން ހުށަހަޅަން ވާނެއެވެ. މި ބީލަމުގައި ބައިވެރި ވެވޭނީ ޤާނޫނު ނަމްބަރު 18/2014 "ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫން" އަދި 19/2014 " އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫން" ގެ ދަށުން މިނިސްޓްރީ އޮފް އިކޮނަމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

                       ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. 

04 މޭ 2025
ހޯދާ