މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުފެންވަރުގައި ބާއްވާ ކައުންސިލްގެ 13 ވަނަ ޤުރްއާން މުބާރާތް

އިޢުލާން 

ރަށުފެންވަރުގައި ބާއްވާ ކައުންސިލްގެ 13 ވަނަ ޤުރްއާން މުބާރާތާއިބެހޭ

ދަރިވަރުންގެ ހިތުގައި ކީރިތި ޤުރުއާން ކިޔެވުމާމެދު ލޯބިޖެއްސުމުގެ މަޤްޞަދުގައި ކޮންމެ އަހަރަކުވެސް ކައުންސިލުން ކުރިއަށްގެންދާ "ކައުންސިލް ޤުރުއާން މުބާރާތް" މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ 2025 ޖޫން 19، 20 އަދި 21 ވާ ބުރާސްފަތި، ހުކުރު އަދި ހޮނިހިރު މި ތިންދުވަހެވެ. އެގޮތުން މިއަހަރުގެ މުބާރާތުގައި ކުރިއަށް ގެންދެވޭނެ ބައިތައް ތިރީގައި ބަޔާންކުރަމެވެ.

  1. މުބާރާތުގައި ހިމެނެނީ ދެ ގޮއެއްޕެވެ. އެއީ ބަލައިގެން (ފޮތުން) ކިޔުމުގެ ގޮއެއްޕާއި ނުބަލާ (ހިތުން) ކިޔެވުމުގެ ގޮއެއްޕެވެ.

- ބަލައިގެން ކިޔެވުމުގެ ބައި:

  • ބަލައިގެން ކިޔެވުމުގެ ބައިން ކުރާނީ 1 ސުވާލެވެ. ސުވާލުގެ ދިގުމިނަކީ 10 ފޮޅުވަތެވެ.
  • ކޮންމެ ބައިވެރިއަކުވެސް ކިޔަވަންޖެހޭ ސުވާލު ނަގާނީ ގުރުއަތުންނެވެ.

- ނުބަލައި ކިޔެވުމުގެ ބައި:

  • ނުބަލާ ކިޔެވުމުގެ ބައިން ސުވާލު ކުރާނީ ކިޔަވަންޖެހޭ މުޤައްރަރު 02 ބަޔަކަށް ބަހާލުމަށްފަހު، ކޮންމެ ބަޔަކުން 05 ފޮޅުވަތުގެ 01 ސުވާލެވެ. ޖުމްލަ 02 ސުވާލެވެ.
  • ކޮންމެ ބައިވެރިއަކުވެސް ކިޔަވަންޖެހޭ ސުވާލު ނަގާނީ ގުރުއަތުންނެވެ.

#

ކީސްޓޭޖްތައް

ނުބަލައި

ބަލައިގެން

ފެށޭކޮޅު

ނިމޭކޮޅު

ފެށޭކޮޅު

ނިމޭކޮޅު

1

ނާސަރީ އަދި ބޭބީ ނާސަރީ

ބޭނުން ސޫރަތެއް

 

2

ފައުންޑޭޝަން

ފާތިހާ 1 – ބަޤަރާ 77

އަޢުލާ 1 – ނާސް 6

1 ވަނަ ފޮތް

30 ވަނަ ފޮތް

3

ކީސްޓޭޖް 1

1 ވަނަ ފޮތް

30 ވަނަ ފޮތް

ފޮތް 1 - 3

ފޮތް 28 - 30

4

ކީސްޓޭޖް 2

ފޮތް 1 - 3

ފޮތް 28 - 30

ފޮތް 1 - 7

ފޮތް 24 - 30

5

ކީސްޓޭޖް 3

ފޮތް 1 - 5

ފޮތް 26 - 30

ފޮތް 1 - 10

ފޮތް 21 - 30

6

ކީސްޓޭޖް 4

ފޮތް 1 - 7

ފޮތް 24 - 30

ފޮތް 1 - 15

ފޮތް 16 - 30

7

އާއްމުންގެ ބައި

ފޮތް 1 - 15

ފޮތް 21 - 30

ފޮތް 1 - 30

 

މުބާރާތުގައި ބައިވެރިވުމުގެ ޝަރުތުތައް:

ރަސްމާދޫގެ ރައްޔިތެއް ކަމުގައިވުން ނުވަތަ ރަސްމާދޫގައި ދިރިއުޅެމުންދާތާ 01 އަހަރަށްވުރެއް ގިނަ ދުވަސްވެފައިވާ ދިވެހި ރައްޔިތެއް ކަމުގައިވުން، ނުވަތަ ރަސްމާދޫގައި ހިންގާ ސްކޫލެއްގެ ދަރިވަރެއް ކަމުގައިވުން.

މިމުބާރާތުގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކަށް 2025 މޭ 05 އިން ފެށިގެން 2025 ޖޫން 01 ވަނަ ދުވަހުގެ ނިޔަލަށް ފުރުޞަތު ހުޅުވާލަމެވެ. މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު، 2025 ޖޫން 01 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ހުށައެޅުމަށް ދަންނަވާލަމެވެ. މިމުބާރާތާއި ބެހޭ އިތުރު މައުލޫމާތު ސާފުކުރެއްވުމަށް އިދާރާގެ ނަންބަރ: 6580049 ނަންބަރ އާއި ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

04 މޭ 2025
ހޯދާ