ދިވެހިރާއްޖެ
1 އަހަރު މުއްދަތަށް އަތޮޅު ކައުންސިލް އިދާރާގެ އަކުރިސް ލާންޗަށް ޕެޓްރޯލް އެޅުމާބެހޭ
ސުރުޚީގައި ދެންނެވިފައިވާ މި އިދާރާގެ އަކުރިސް ލާންޗަށް 1 އަހަރު ދުވަހުގެ މުއްދަތަށް އަކުރިސް ލާންޗަށް ޕެޓްރޯލް އަޅައިދޭނެ ފަރާތެއް ހޯދުމަށް ކައުންސިލުން ވަނީ ނިންމަވާފައެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވައި ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާނީ 31 އޮގަސްޓު 2015 ވާ ހޯމަ ދުވަހުގެ 11:00 އަށް މިއިދާރާގެ ޖަލްސާކުރާ މާލަމަށެވެ. އަދި އަކުރިސް ލާންޗަށް ޕެޓްރޯލް އަޅައިދިނުމުގެ ޕުރޮޕޯޒަލް ހުށަހެޅުން އޮންނާނީވެސް 07 ސެޕްޓެންބަރު 2015 ވާ ހޯމަ ދުވަހުގެ 11.00 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ޕުރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެވާހަކަ ދަންނަވަމެވެ.
މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ބޭފުޅަކަށް މިމަސައްކަތުގެ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވެން ނެތްފަދަ ޙާލަތެއް ދިމާވެގެން ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުއްވިކަން އެނގޭނެ ސިޓީއެއް، އަދި ކުންފުންޏަކުން ފޮނުއްވާނަމަ އެއީ ކޮންކުންފުންޏެއް ތަމްސީލު ކުރުމަށް ވަޑައިގެންނެވި ބޭފުޅެއްކަން އެނގޭނެ ކުންފުނީގެ ލެޓަރހެޑުގައި ލިޔެފައިވާ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދި ދަންނަވަމެވެ. މިމަސައްކަތަށް އެދި ހުށަހަޅާ ޕުރޮޕޯޒަލް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މި މަސައްކަތަށް އެދި ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި "ރ. އަތޮޅު ކައުންސިލް އިދާރާގެ އަކުރިސް ލާންޗަށް ޕެޓްރޯލް އެޅުމާބެހޭ ޕްރޮޕޯޒަލް" މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި މީގެ އިތުރުން ޕުރޮޕޯޒަލް ހުށަހަޅާ ފަރާތުގެ ނަމާއި، އެޑްރެސް އަދި ފޯން ނަންބަރު ސިޓީއުރައިގެ ބޭރުގައި އޮންނަންވާނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ 6580027 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.
09 ޛުލްޤަޢިދާ 1436