ދިވެހިރާއްޖެ
މަޤާމު: |
ޑިރެކްޓަރ |
މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން: |
އީ.އެކްސް 1 / ޑިރެކްޓަރ |
އޮފީސް / އިދާރާ: ސެކްޝަން: ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް: |
ފެލިދެއަތޮޅު ތިނަދޫ ކައުންސިލްގެ އިދާރާ - ފެލިދެއަތޮޅު ތިނަދޫ ކައުންސިލްގެ އިދާރާ / ވ. ތިނަދޫ |
މުސާރަ |
8,835.00 ރުފިޔާ |
ސަރވިސް އެލަވަންސް: |
2000.00 ރުފިޔާ |
ބޭނުންވާ އަދަދު: ގިންތި: |
1 (އެކެއް) ދާއިމީ |
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
|
މަޤާމުގެ ޝަރުޠުތައް: |
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
|
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: |
2015 ސެޕްޓެންބަރު 2 ވާ އަންގާރަ ދުވަހުގެ މެންދުރުފަހުގެ 14:00 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް އަދި ފެކްސް މެދުވެރިކޮށް ބަލައިގަނެވޭނެއެވެ. (އީމެއިލް:[email protected] / ފެކްސް ނަންބަރު:3303648) |
ހުށަހަޅަންޖެހޭ ލިޔުންތައް: |
1- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (މި ފޯމު ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓުން www.csc.gov.mv ޑައުންލޯޑު ކުރެވޭނެއެވެ.) 2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (އެޕްލިކޭޝަން ފޯމާއެކުވާ). 3- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. 4- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރާއްޖޭގެ ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. 5- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ) (ށ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓުފިކެޓުތައް (އެކްރެޑިޓްކޮށްފައި ނުވި ނަމަވެސް) 6- ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ. 7- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. (2015 މޭ 1 ވަނަ ދުވަހުގެ ފަހުގެ ތާރީޚެއްގައި ހޯދާފައިވާ ލިޔުމެއް ކަމުގައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ) |
އިންޓަރވިއު،އިމްތިހާނު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިމްތިހާނު، އިންޓަރވިއު އަދި ޕްރެޒެންޓޭޝަން އޮންނާނީ 2015 ސެޕްޓެންބަރު 9 އާ 2015 ސެޕްޓެންބަރު 21 އާ ދެމެދު ސިވިލް ސަރވިސް ކޮމިޝަން (ވެލާނާގޭގެ 12 ވަނަ ފަންގިފިލާ) ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި ޕްރެޒެންޓޭޝަން ހުށަހެޅުމަށާއި އިންޓަރވިއުއަށް އަދި އިމްތިހާނަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ. |
ޝޯޓްލިސްޓްކުރުން: |
މި ވަޒީފާއަށް އެދި ހުށަހަޅާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 5 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 5 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
ވަޒީފާއަށް ހޮވޭ ފަރާތަށް ސެލްކްޝަން ޕްރޮސެސްއިން މަދުވެގެން ލިބެންޖެހޭނެ މާކްސް: |
(33% ކޮންމެ ކަރުދާހަކުން ނުލިބޭ ފަރާތްތަކާ އިންޓަރވިއު ނުކުރެވޭނެއެވެ.) |
އުޖޫރައާއި އިނާޔަތްތައް: |
|
ނޯޓް:
- އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓް ނޫން ދާއިރާތަކުން އަތޮޅު ނުވަތަ ރަށު ކައުންސިލްގެ އިދާރާގެ ސިވިލް ސަރވިސްގެ އިސް މަޤާމުތަކަށް ޝަރުޠު ހަމަވެގެން ނަގާ ފަރާތްތައް 6 މަސްދުވަހުގެ މުއްދަތުގެ ތެރޭގައި ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ މެނޭޖްމަންޓް ކޮމްޕީޓެންސީ ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރަން ޖެހޭނެއެވެ.
- އިމްތިހާނުގެ ގޮތުގައި ދެވޭ ކޮންމެ ކަރުދާހަކުން %33 ނުލިބޭ ފަރާތްތަކާ އިންޓަރވިއު ނުކުރެވޭނެއެވެ.
- "މަޤާމަށް އެދޭ މީހުން ސްކްރީން ކުރުމާއި، ޝޯޓްލިސްޓް ކުރުމާއި، ހޮވުމާއި ޢައްޔަން ކުރުމުގެ ކްރައިޓީރިއާ" ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގައި އާންމުކުރެވިފައިވާނެއެވެ.
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3307336 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3303648 އެވެ. އީ-މެއިލް ކުރައްވާނީ [email protected] އަށެވެ.
9 ޛުލްޤަޢިދާ 1436