| 
 މަޤާމް :  
 | 
 ޑިރެކްޓަރ 
 | 
 ބޭނުންވާ އަދަދު:   
 | 
 1 ( އެކެއް )  
 | 
| 
 މުސާރައާއި އެލަވަންސް:  
 | 
- މުސާރަ: މަހަކު -/15,000 ރުފިޔާ (ފަނަރަހާސް ރުފިޔާ) 
 
- ސަރވިސް އެލަވަންސް: މަހަކު -/5500 ރުފިޔާ (ފަސްހާސް ފަސްސަތޭކަ ރުފިޔާ) 
 
- ޑެއިލީ އެލަވަންސް: ޤަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/120 ރުފިޔާ ( ސަތޭކަ ވިހި ރުފިޔާ)
 
- އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ 
 
  | 
| 
 އޮފީސް :  
 | 
 މޯލްޑިވްސް ޕޯސްޓް ލިމިޓެޑް  
 | 
| 
 ތަޢުލީމީ ފެންވަރާއި މަޤާމުގެ ޝަރުޠު:  
 | 
- ހިއުމަން ރިސޯރސަސް ދާއިރާއިން  މާސްޓަރސް ޑިގްރީ ލިބިފައިވުން އަދި ހިއުމަން ރިސޯރސަސް ދާއިރާއެއްގައި 03 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން
 
 
  ނުވަތަ  
- ހިއުމަން ރިސޯރސަސް ދާއިރާއިން ފުރަތަމަ ޑިގްރީ ލިބިފައިވުން އަދި ހިއުމަން ރިސޯރސް ދާއިރާގައި  5 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުމާއެކު  އެގްޒެކެޓިވް ރޯލެއްގައި މަދުވެގެން 2 އަހަރު ދުވަހު އުޅެފައިވުން
 
 
 | 
| 
 މަޤާމުގެ މައިގަނޑު  މަސްޢޫލިއްޔަތު  
 | 
- ހިއުމަން ރިސޯރސަސް ޑިވެލޮޕްމަންޓް ޕްލޭންތައް އެކުލަވާލައި ތަންފީޒުކުރުން
 
- ޕާރފޯރމަންސް އެޕްރައިސަލް ސިސްޓަމް ހަރުދަނާކޮށް ތަންފީޒުކުރުމުގެ މަސައްކަތްތައް ކުރުން
 
- މުވައްޒަފުންގެ ޓްރޭނިންގ ނީޑްސް ދެނެގަތުމާއި މުވައްޒަފުން މަސައްކަތަށް އަހުލުވެރިކުރުމަށް ބޭނުންވާ ޕްރޮގްރާމްތައް އެކަށައަޅައި ތަންފީޒުކުރުން
 
- އެޗްއާރު ޕޮލިސީތަކާއި ޕްރޮސެސްތައް ހަރުދަނާކޮށް ތަރައްޤީކުރުމަށް  ކުރަންޖެހޭ މަސައްކަތްތައްކުރުން
 
 
 | 
| 
 ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް  
 | 
- ލިބިފައިވާ ތަޢުލީމާއި ތަމްރީން 
 
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ 
 
- ކުރެވޭ އިންޓަރވިއު އިން ފާސްވުން. 
 
 
 | 
| 
 ރަސްމީ މަސައްކަތު ގަޑި:   
 | 
- ހެނދުނު 08:00 އިން  ހަވީރު 15:00 އަށް    
 
 
 | 
| 
 ހުށަހަޅަންޖެހޭ ލިޔުންތައް އަދި ތަރުތީބް  
 | 
- ވަޒީފާއަށްއެދޭ ފޯމް 
 
- ވަނަވަރު (ސީވީ) 
 
- އައިޑީ ކާޑުގެ ކޮޕީ 
 
- ތަޢުލީމީ ސެޓްފިކެޓުތައް(އިއުލާން ގައި ބަޔާންކޮށްފައިވާ ތަޢުލީމީ ފެންވަރު އަންގައިދޭ ސެޓްފިކެޓުތައް)   
 
- ލިބިފައިވާ ތަމްރީން / ތަޖްރިބާ އަންގާދޭ ލިޔުން (މަޤާމްގެ މަސައްކަތާ ގުޅޭ)   
 
 
** އީމޭލްއިންނަމަ، މަތީގައިވާ ތަރުތީބުން ހުރިހާ ޑޮކިއުމަންޓް ތަކެއް އެއް ޑޮކިއުމަންޓެއްގޮތުގައި “PDF” ކޮށްފައެވެ. 
** ވަކިވަކި ފޮޓޯގޮތަށް ނުވަތަ ވަކިވަކިން ޑޮކިއުމެންޓްތައް އެއް ޑޮކިއުމަންޓަކަށްނުހަދާ އެޓޭޗްކޮށްފައިވާނަމަ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. 
 | 
| 
 ސުންގަޑި:   
 | 
 މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 04 މެއި 2025 ވާ އާދީއްތަ ދުވަހުގެ  14:00 ގެ ކުރިން، [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ. 
ހާރޑް ކޮޕީ ހުށަހަޅުއްވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް 04 މެއި 2025 ވާ އާދީއްތަ ދުވަހުގެ 14:00 އާ ހަމައަށް  މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ 4 ވަނަ ފަންގިފިލާއިން ބަލައިގަންނާނެއެވެ.  
**ސުންގަޑި ހަމަވުމަށްފަހު ލިބޭ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. 
  
 | 
| 
 އިންޓަވިއު:   
 | 
 އިންޓަވިއުއަށް ދެންނެވޭނީ، ވަޒީފާއަށް އެދި ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.  
 | 
| 
 ވަޒީފާއަށް އެދޭނެ ގޮތް:  
 | 
   
ވަޒީފާއަށް އެދޭފޯމު ކުންފުނީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.  އަދި ޕޯސްޓް ބިލްޑިންގުގެ 04 ވަނަ ފަންގިފިލާއިން ފޯމު ލިބެން ހުންނާނެއެވެ.  
https://www.maldivespost.com/media/downloads/job-application-form 
 | 
| 
 އިތުރު މަޢުލޫމާތު:   
 | 
- މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކާއި ލިޔެކިއުންތައް ހަމަނުވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެއެވެ.
 
 
- މި ޢިއުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ 3315555/7924894  ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
 
 
 |