ދިވެހިރާއްޖެ
ވޭމަންޑޫގައި ވޭސްޓް މެނޭޖުމަންޓް ސެންޓަރ (ކުނިގޮނޑު) ޤާޢިމު ކުރުމަށް ބޭނުންވާ ބިމާއި ބިމުގެ ވަށައިގެންވާ މަގުތައް ހެދުމުގެ ގޮތުން އެބިމަށް އަރާ ރުއްގަހާއި، ވަށައިގެންވާ މަގުމަގަށް އަރާ ރުއްގަހުގައި ނަންބަރު ޖަހާފައިވާނެއެވެ. މިކަމަށް ހަމަޖެހިފައިވާ ބިމަކީ، ވޭމަންޑޫ ނަރުދަމާ ގޯތީގެ ދެކުނުން، އާނުގަނޑު މަގާއި އިންވެގެން އިރުން، ރަށުގެ އިރުދެކުނު ކޮޅުން ގެރިބަކަރި،ކުކުޅު،ހާ ގެންގުޅުމަށް ބިންދޫކުރުމަށް ކުރިން ކަނޑައެޅިފައިވާ ބިންތަކުގެ އުތުރުން އޮތް ހުސްބިމެވެ.
ވީމާ، ޤާނޫނު ނަމްބަރު 21/1998 ( މީހުން ދިރިއުޅޭ ރަށްރަށުގެ ރުއްގަހާބެހޭ ޤާނޫން ) އާއި އެއްގޮތައް ހުއްދަ ލިބިގެން އިންދާ ހައްދާފައިވާ ރުއްގަހުގެ ބަދަލުގެ މައްސަލަ ހަމަޖެއްސުމަށްޓަކައި އެރުއްގަހުގެ ވެރިން، 12 މެއި 2025 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން ވޭމަންޑޫ ކައުންސިލަށް ވަޑައިގެން ރުއްގަހުގައި ޖަހާފައިވާ ނަންބަރު ވޭމަންޑޫ ކައުންސިލަށް އަންގަވައި ދެއްވުން އެދެމެވެ. އަދި މިދެންނެވި ރުއްގަހުގެ ތެރެއިން ޤާނޫނާއި ޚިލާފަށް އިންދާފައިވާ އެއްވެސް ރުއްގަހަކަށް ބަދަލު ދެވެން ނޯންނާނެކަމުގައި ދެންނެވީމެވެ. އަދި ދަންނަވަމެވެ. ޤާނޫނާއި ޤަވާޢިދާ ޚިލާފަށް އިންދާފައިހުރި ރުއްގަސް އިންދި ފަރާތްތަކުން ރުއްގަސްތައް، 19 މެއި 2025 ވާ ހޯމަ ދުވަހުގެ ކުރިން ނެންގެވުން އެދެމެވެ. އިޢުލާންގެ މުއްދަތު ހަމަވާއިރު ވެރިފަރާތް ނާންގައިހުރި ރުއްގަހާއި، ޤާނޫނާއި ޚިލާފަށް އިންދާފައިހުރި ރުއްގަހާއި ތަކެތި މިކައުންސިލުން ނަގައި ނައްތާލެވޭނެއެވެ.
މިހެންވެ، މިކަން އާންމުކޮށް އެންގުމަށް އިޢްލާން ކުރީމެވެ.