ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭމަންޑޫގައި ކުޅިވަރު އެކުވެނި ޤާޢިމްކުރުމުގެ މަސައްކަތަށް ބޭނުންވާ ބިމުގައިވާ ރުއްގަހާގުޅޭ.

       

   ވޭމަންޑޫގައި ކުޅިވަރު އެކުވެނި (ތަފާތު ކުޅިވަރުތައް ކުޅުމަށް ބޭނުންވާބިން) ޤާޢިމު ކުރުމަށް ބޭނުންވާ ބިމާއި ބިމުގެ ވަށައިގެންވާ މަގުތައް ހެދުމުގެގޮތުން އެބިމަށް އަރާ ރުއްގަހާއި، ވަށައިގެންވާ މަގުމަގަށް އަރާ ރުއްގަހުގައި ނަންބަރު ޖަހާފައިވާނެއެވެ. މިކަމަށް ހަމަޖެހިފައިވާ ބިމަކީ، ވޭމަންޑޫ އިންޖީނުގޭ ގޯއްޗާއި، ޑްރައިވިންގ ޓްރެކް ބިމުގެ ހުޅަގުން ( ރޯޝަނީމަގުގެ ހުޅަނގުން) ކުރިމަގާއި އިންވެގެން އެމަގުގެ ދެކުނުން ރަށުގެ ދެކުނުފަރާތު މަސްވެރިކަމާއި ގުޅޭމަސައްކަތް ކުރުމަށް ބިން ދޫކުރުމަށް ކުރިން ކަނޑައެޅިފައިވާ ބިންތަކުގެ އުތުރުން އޮތް ހުސްބިމެވެ.

             ވީމާ، ޤާނޫނު ނަމްބަރު 21/1998 ( މީހުން ދިރިއުޅޭ ރަށްރަށުގެ ރުއްގަހާބެހޭ ޤާނޫން ) އާއި އެއްގޮތައް ހުއްދަލިބިގެން އިންދާ ހައްދާފައިވާ ރުއްގަހުގެ ބަދަލުގެ މައްސަލަ ހަމަޖެއްސުމަށްޓަކައި އެރުއްގަހުގެ ވެރިން، 12 މެއި 2025 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން ވޭމަންޑޫ ކައުންސިލަށް ވަޑައިގެން ރުއްގަހުގައި ޖަހާފައިވާ ނަންބަރު ވޭމަންޑޫ ކައުންސިލަށް އަންގަވައި ދެއްވުން އެދެމެވެ. އަދި މިދެންނެވި ރުއްގަހުގެ ތެރެއިން ޤާނޫނާއި ޚިލާފަށް އިންދާފައިވާ އެއްވެސް ރުއްގަހަކަށް ބަދަލު ދެވެން ނޯންނާނެކަމުގައި ދެންނެވީމެވެ. އަދި ދަންނަވަމެވެ. ޤާނޫނާއި ޤަވާޢިދާ ޚިލާފަށް އިންދާފައިހުރި ރުއްގަސް އިންދި ފަރާތްތަކުން ރުއްގަސްތައް، 19 މެއި 2025 ވާ ހޯމަ ދުވަހުގެ ކުރިން ނެންގެވުން އެދެމެވެ. އިޢުލާންގެ މުއްދަތު ހަމަވާއިރު ވެރިފަރާތް ނާންގައިހުރި ރުއްގަހާއި، ޤާނޫނާއި ޚިލާފަށް އިންދާފައިހުރި ރުއްގަހާއި ތަކެތި މިކައުންސިލުން ނަގައި ނައްތާލެވޭނެއެވެ.

             މިހެންވެ، މިކަން އާންމުކޮށް އެންގުމަށް އިޢްލާން ކުރީމެވެ.

28 އެޕްރީލް 2025
ހޯދާ