މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ތިރީގައިވާ ހުސް މަޤާމުތަކަށް އިޢުލާން ކުރަމެވެ.

މަޤާމު

ޕްރޮގްރާމް ކޯޑިނޭޓަރ (ކޮންޓްރެކްޓް)

ބޭނުންވާ އަދަދު

1

މަޤާމުގެ ކްލެސިފިކޭޝަން

ޑިރެކްޓަރ ގްރޭޑް 1

ރޭންކް

އީ.އެކްސް. 1

ވަޒީފާގެ މުއްދަތު

ތިންމަހާއި ހަތަރުމަހާ ދެމެދު

މުސާރައާއި އިނާޔަތްތައް

މުސާރަ

-/8835 ރުފިޔާ

ސަރވިސް އެލަވަންސް

-/2000 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް

މުސާރައިގެ %35

މެޑިކަލް އިންޝުއަރެންސް:   

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން ހަމަޖައްސައިދެވޭނެ.

އިތުރު ގަޑި:

އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމު އޮތް އޮފީހުގެ ނަމާއި ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން އަދި ވަޒީފާ އަދާކުރަންޖެހޭ ތަން

މަޤާމް އޮތް އޮފީހުގެ ނަން

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ވަޒީފާ އަދާކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް/ ގެޓްސެޓް އޮފީސް

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން/ޔުނިޓް

އެންޓަރޕްރައިސް ޑިވެލޮޕްމަންޓް ސެކްޝަން/ ބިޒްނަސް ސަޕޯޓް ސަރވިސަސް ޔުނިޓް

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  • ގެޓްސެޓް އޮފީހުގެ އިދާރީ ކަންތައް ދުވަހުން ދުވަހަށް ދާގޮތް ބެލެހެއްޓުމާއި ޕްރޮގްރާމާ ގުޅޭ ކަންތައް ބެލެހެއްޓުމާއެކު ޕްރޮގްރާމް މެނޭޖަރަށް މަޢުލޫމާތު ދިނުން.
  • އިވެލުއޭޝަންއަށް ބޭނުންވާ އެޕްލިކޭޝަންތައް ތައްޔާރުކުރުން.
  • އެޕްލިކޭޝަންތަކަށް ލިބޭ މާކްސްތައް ޓެލީކޮށް ދިމާވޭތޯ ބެލުން.
  • ކަސްޓަމަރުންނަށް ބޭނުންވާ މަޢުލޫމާތުތަކާއި ބޭނުންވާކަންކަމުގައި ޖަވާބު ދާރީވުން.
  • އޮފީހުގެ މުވައްޒަފުންގެ ހާޒިރީ ކަންތައްތައް ބެލެހެއްޓުން.
  • ގެޓްސެޓް ޕްރޮގްރާމަށް ޝޯޓްލިސްޓް ނުވާ ފަރާތްތަކަށް ލިޔުމަކުން ނުވަތަ ފޯނުން ގުޅައި އެންގުން.
  • އިވެލުއޭޝަނަށް ކޮންފަރެންސް ހޯލު ތައްޔާރުކުރުން.
  • އިވެލުއޭޝަނަށް ކުރަން ޖެހޭ އިދާރީ މަސައްކަތްތައް ކުރުން.
  • ގެޓްސެޓް ޕްރޮގްރާމާ ގުޅިގެން މީޑިއާއަށް މަޢުލޫމާތު ދިނުން
  • ގެޓްސެޓް ރޯޑް ޝޯ ރާވައި ހިންގުމާއި އަދި މިކަމުގައި ޢަމަލީ ގޮތުން ބައިވެރިވުމުގެ އިތުރުން މި ޕްރޮގްރާމާ ބެހޭގޮތުން އާންމުން ހޭލުންތެރި ކުރުވުން.
  • ހުރިހާ ބީސީތަކަށް ގުޅައި ގެޓްސެޓް ލޯނު ދޫކުރެވުނު ފަރާތްތަކުގެ މަޢުލޫމާތު ނެގުމާއި އަދި މިކަމާ ގުޅިގެން ލޯނު ދޫކުރެވުނު ފަރާތްތަކުން ބޭނުންވާ ކަންތައްތައް ކޮށްދިނުން (އިންކުއިބޭޝަން ތެރޭގައި)
  • ރިޕޯޓު ތައްޔާރުކުރުން.

މަޤާމުގެ ޝަރުޠުތައް

އަސާސީ ޝަރުޠު

  • އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް ނުވަތަ ޕްރޮޖެކްޓް މެނޭޖްމަންޓްގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް ނުވަތަ ޕްރޮޖެކްޓް މެނޭޖްމަންޓްގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  • އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް ނުވަތަ ޕްރޮޖެކްޓް މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް ނުވަތަ ޕްރޮޖެކްޓް މެނޭޖްމަންޓްގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  • އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް ނުވަތަ ޕްރޮޖެކްޓް މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް ނުވަތަ ހިއުމަން ރިސޯސްގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން،

މަގާމް

ޕްރޮގްރާމް އޮފިސަރ (ވޭޖް)

ބޭނުންވާ އަދަދު

4

މަގާމުގެ ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ރޭންކް

އެމް.އެސް 2

ވަޒީފާގެ މުއްދަތު

ތިންމަހާއި ހަތަރުމަހާ ދެމެދު

މުސާރައާއި ޢިނާޔަތްތައް

މުސާރަ

ގަޑިއަކަށް 33.18 ރުފިޔާ

މެޑިކަލް އިންޝުއަރެންސް:   

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން ހަމަޖައްސައިދެވޭނެ.

މަޤާމު އޮތް އޮފީހުގެ ނަމާއި ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން އަދި ވަޒީފާ އަދާކުރަންޖެހޭ ތަން

މަޤާމް އޮތް އޮފީހުގެ ނަން

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ވަޒީފާ އަދާކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް/ ގެޓްސެޓް އޮފީސް

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން/ޔުނިޓް

އެންޓަރޕްރައިސް ޑިވެލޮޕްމަންޓް ސެކްޝަން/ ބިޒްނަސް ސަޕޯޓް ސަރވިސަސް ޔުނިޓް

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  • އެޕްލިކޭޝަން ފޯމުތައް ފައިލް ކޮށް ޓެކްނިކަލް ކޮމިޓީއަށް އިދާރީ އެހީތެރިކަން ފޯރުކޮށް ދިނުން.
  • ޕްރޮގްރާމާ ބެހޭ މަޢުލޫމާތުތައް ކަސްޓަމަރުންނަށް ފޯރުކޮށް ދިނުން.
  • ގެޓްސެޓް ޕްރޮގްރާމާ ގުޅިގެން މީޑިއާއަށް މައުލޫމާތު ދިނުން
  • ގެޓްސެޓް ރޯޑް ޝޯ ރާވައި ހިންގުމާއި އަދި މިކަމުގައި ޢަމަލީ ގޮތުން ބައިވެރިވުމުގެ އިތުރުން މި ޕްރޮގްރާމާ ބެހޭގޮތުން އާންމުން ހޭލުންތެރި ކުރުވުން.
  • ރޯޑްޝޯތަކާ ގުޅިގެން އަދި މިނޫންވެސް ގެޓްސެޓް އޮފީހުގެ ޚަރަދުތަކާ ގުޅިގެން ލިބޭ ފައިސާގެ ބިލުތައް ބެލެހެއްޓުމާއި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  • ހުރިހާ ބީސީތަކަށް ގުޅައި ގެޓްސެޓް ލޯނު ދޫކުރެވުނު ފަރާތްތަކުގެ މަޢުލޫމާތު ނެގުމާއި އަދި މިކަމާ ގުޅިގެން ލޯނު ދޫކުރެވުނު ފަރާތްތަކުން ބޭނުންވާ ކަންތައްތައް ކޮށްދިނުން (އިންކުއިބޭޝަން ތެރޭގައި)
  • އޮފީހުގެ މެއިންޓެނަންސްކަންތައް ބެލެހެއްޓުން.
  • އޮފީސް ހުޅުވައި ލެއްޕުން.
  • އޮފީހުގެ އިންވެންޓްރީ ބެލެހެއްޓުން. (އޮފީހަށް ބޭނުންވާ ތަކެތި ހޯދުމަށް މެމޯ އާއި ރިކުއެސްޓް ކަމާ ބެހޭ ފަރާތްތަކަށް ފޮނުވުން)
  • އިވެލުއޭޝަނަށް މީޓިންގ ރޫމް ތައްޔާރު ކުރުން.
  • އިވެލުއޭޝަންއަށް ބޭނުންވާ އެޕްލިކޭޝަންތައް ތައްޔާރުކުރުން.
  • ޓެކްނިކަލް ކޮމިޓީގެ ޔައުމިއްޔާ އަދި އޮފީހުގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ލިޔުން.

މަޤާމުގެ ޝަރުޠުތައް

އަސާސީ ޝަރުޠު

  • އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓްގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
  • އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓްގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
  • އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  • 4. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން

މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސްއާއި އިމްތިޙާން ބާއްވާނެ ތަރީޚާއި ތަން

އިންޓަރވިއު ކުރުން:

  • މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައެވެ.
  • މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ މި މަޤާމަށް އެދި އެޕްލިކޭޝަން ހުށަހެޅުމަށް ކަނޑައަޅާފައިވާ އެންމެ ފަހު ތާރީޚުން ފެށިގެން 1 ނުވަތަ 2 ހަފުތާގެ ތެރޭގައެވެ.
  • އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު ހޮވޭ ފަރާތްތަކަށް އެކަންޏެވެ.
  • އިންޓަވިއުގެ އިތުރުން ޕްރެޒެންޓޭޝަނެއް ނުވަތަ ޕްރެކްޓިކަލްއެއް ނުވަތަ އިމްތިޙާނެއް ދޭގޮތަށް ހަމަޖެހިފައިވާ ވަޒީފާއެއްނަމަ، އެކަމާ ގުޅޭ މަޢުލޫމާތު އިންޓަވިއުއަށް ހޮވޭ ފަރާތްތަކަށް އެންގޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

އެދެންވީ ގޮތާއި ސުންގަޑި

މި މަޤާމަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމާއެކު، ތިރީގައި ބަޔާންކުރެވިފައިވާ އެހެނިހެން ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަކުރުމަށްފަހު 06 ސެޕްޓެންބަރު 2015 ވާ އާދީއްތަ ދުވަހުގެ 14.30 ގެ ކުރިން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ހުށަހެޅުއްވުން ނުވަތަ [email protected] އަށް މެއިލް ކުރެއްވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް ތަތްކޮށްފައި)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީ.ވީ)
  • އެކްރެޑިޓް ކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  • މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ދައުލަތް ނުވަތަ ސިވިލް ސަރވިސްގެ ވަޒީފާއަކުން ވަކިވެފައިވާނަމަ ވަކިކުރިކަމުގެ ލިޔުމުގެ ކޮޕީ
  • އެހެން އޮފީހެއްގައި ވަޒީފާ އަދާކުރާ ނުވަތަ އަދާކުރި ފަރާތެއްނަމަ، އެއޮފީހެއްގައި މަސައްކަތް ކުރާކަން ނުވަތަ ކުރިކަން އަންގައިދޭ ލިޔުންތަކުގެ ކޮޕީ
  • ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެއޮފީހުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން.

އިތުރު މަޢުލޫމާތު:

ސިވިލް ސަރވިސްގެ ވަޒީފާ އަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ބަންދު ނޫން ކޮންމެ ދުވަހަކު 08:00 ން 15:00 އަށް ލިބެން ހުންނާނެއެވެ. އަދި މި ފޯމު މި މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv ލިބެން ހުންނާނެއެވެ.

މީގެ އިތުރުންވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާނަމަ، މި މިނިސްޓްރީގެ ނަންބަރު: 3333174 އަށް ގުޅުއްވުމުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމުން ލިބިލައްވާނެއެވެ.

09 ޛުލްޤަޢދާ 1436

24 އޮގަސްޓް 2015
ހޯދާ