ދިވެހިރާއްޖެ
ބައެއް ތަކެތި ގަތުމަށް ބޭނުންވެއްޖެ
މި އޮފީހުން ބައެއް ތަކެތި ހޯދުމަށް ކުރި، މި އޮފީހުގެ ނަންބަރު IUL)7-ADMN/1/2015/8)ފ(18 ފެބްރުވަރީ 2015) އިޢުލާނާއި، IUL)7-ADMN/1/2015/31)ފ(13 ޖުލައި 2015) އިޢުލާނާ ގުޅިގެން ތަކެތި ގެނެސްދެވިފައިނުވާތީ، މި ދެ އިޢުލާނު ބާޠިލުކޮށް، ތިރީގައި މިވާ ތަކެތި ގެނެސްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން އެ ކަމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
އަދަދު |
އައިޓަމް |
5 |
ޑެސްކްޓޮޕް ކޮމްޕިއުޓަރ |
150 |
އީމެއިލް ސަރވަރ ސޮފްޓްވެއަރ |
ވީމާ، މިތަކެތި ވިއްކެވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 31 އޮގަސްޓު 2015 ހޯމަ ދުވަހުގެ 14:30އަށް މިއޮފީހަށް ވަޑައިގެން މަޢުލޫމާތު އޮޅުންފިލުވުމަށްފަހު، 7 ސެޕްޓެންބަރު 2015 ވާ ހޯމަ ދުވަހުގެ 14:30 އަށް މިއޮފީހަށް އަގު ހުށަހެޅުއްވުން އެދެމެވެ. މިއިޢުލާނުގައިވާ ކޮންމެ އައިޓަމަކަށް ވަކިން އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަދި މަޢުލޫމާތު އޮޅުންފިލުއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.