މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސްކިލްޑް ވޯރކަރ - ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް، ޅ.އަތޮޅު

މި ކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހުން ހޯދަން ބޭނުންވެއެވެ.

މަޤާމު    

 ސްކިލްޑް ވޯރކަރ

ބޭނުންވާ ޢަދަދު

 01 (އެކެއް)

ވަޒީފާގެ ބާވަތް

 ކޮންޓްރެކްޓް ، 1 އަހަރު ދުވަހުގު މުއްދަތަށް

ވަޒީފާ އަދާކުރަންޖެހޭ ތަން:

 އިންޖީނިއަރިންގް ޑިޕާޓްމަންޓް، ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް،  ޅ.އަތޮޅު

އަސާސީ މުސާރަ:

 3700.00  ރުފިޔާ

އިތުރު ޢިނާޔަތްތައް:

 މިނިމަމްވޭޖް އެލަވަންސް : 3071.00 (އަސާސީ މުސާރައިގެ %83)

 ސަރވިސް އެލަވަންސް: 2220.00 (އަސާސީ މުސާރައިގެ %60)

 އިތުރު ގަޑީގައި ނުވަތަ ބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ހަމަޖެހިފައިވާ   އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ޝަރުޠު:

 ލިޔަން ކިޔަން ދަތުމާއި ، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން  ސާބިތު  ކޮށްދިނުމާއިއެކު ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހެއްކަމުގައިވުން.

މަޤާމުގެ މަސްޢޫލިއްޔަތު:

- ރިފްރިޖިރޭޝަންއާއި ގުޅުން ހުރި ހުރިހާ ކަމެއް

- ރެފްރިޖަރޭޝަން އިކުއިޕްމަންޓާއި ޑިވައިސްތައް އިންސްޓޯލްކޮށް މަރާމާތުކޮށް ބެލެހެއްޓުން

- ކޯލްޑް ސްޓޯރޭޖް ރީޖެރޭޝަން ސިސްޓަމްތައް ހިންގުން އަދި ބެލެހެއްޓުން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

 

ހ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ށ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.

 

އިންޓަރވިއުކުރުން:

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާއެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

ހ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ  ސާފް ކޮޕީ ދެފުށް ފެންނާނޭހެން.

ށ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ނ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ރ- މިފްކޯ ޖޮބް އެޕްލިކޭޝަން ފޯމް

ބ- ޕޮލިސްރިޕޯޓް.

ތަކެތި ހުށަހަޅަންޖެހެޭ އޮފީސް:

- ވަޒީފާއަށް އެދި ހުށަހަޅުއްވާނީ މިފްކޯ ހެޑްއޮފީސް ރިސެޕްޝަން އަށް ނުވަތަ

އީމެއިލް ކުރައްވާނީ   [email protected] އަށެވެ.

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑިއަކީ 29 އޭޕްރީލް 2025 ވަނަ ދުވަހުގެ މެންދުރު 12:00 އެވެ.

-މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ.

 

ނޯޓް:  އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3323932 ގުޅުއްވުން އެދެމެވެ.

25 އެޕްރީލް 2025
ހޯދާ