އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ އިޖުތިމާޢީ ސަރަހައްދުތަކުގައި ބަހައްޓާފައިވާ ތަކެތި ނެގުމާބެހޭ:

އިޢުލާން

ރަށުގެ އިޖުތިމާޢީ ސަރަހައްދުތަކުގައި ބަހައްޓާފައިވާ ތަކެތި ނެގުމާބެހޭ:

                     މިހާރަކަށް އައިސް ރަށުގެ މަގުތަކަށް ނެރެ ބަހައްޓާފައިވާ ތަކެތީގެ ސަބަބުން މަގުތަކުގައި ހިނގާބިނގާވެ އުޅުމަށާއި އުޅަނދު ދުއްވުމަށް ދަތިތަކާ ދިމާވާކަމުގެ ޝަކުވާ މިއިދާރާއަށް ދަނީ ލިބެމުންނެވެ. އަދި އިޖުތިމާޢީ ސަރަހައްދުތަކުގައި ބަހައްޓާފައިވާ ތަކެތީގެ ސަބަބުން އެ ސަރައްދުތަކުގެ ސާފުތާހިރުކަން ގެއްލިފައިވާކަން ފާހަގަކުރެވިފައިވެއެވެ.

                     މިހެންކަމުން، ކައުންސިލްގެ ހުއްދަ ނެތި މިރަށުގެ މަގުތަކަށް ނެރެފައިވާ ޖޯލިފަތި، އުނދޯލި، ގޮނޑިފަދަ ތަކެއްޗާއި، ގެދޮރު ޢިމާރާތްކުރުމާބެހޭ ތަކެތި، އިޖުތިމާޢީ ސަރަހއްދުތަކުގައި ބަހައްޓާފައި ހުރި ތަކެތި، 09 މެއި 2025 ގެ ނިޔަލަށް ނެގުމަށް އަންގަމެވެ. މިތާރީޚުގެ ފަހުން މިގޮތަށް ހުރިތަކެއްޗަކީ ދޫކޮށްލާފައިވާ ތަކެތިކަމަށް ބަލައި، ދޫކޮށްލާފައިވާ ތައްކެއްޗާމެދު ޢަމަލުކުރާ އުސޫލުގެ މަތިން ޢަމަލުކުރެވޭނެ ވާހަކަ ދަންނަވަމެވެ.

                     މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

25 ޝައްވާލް 1446

24 އޭޕްރިލް 2025

24 އެޕްރީލް 2025
ހޯދާ