ދިވެހިރާއްޖެ
އިޢުލާން
ބަނދަރު ސަރަހައްދުގައި ބަހައްޓާފައިވާ ތަކެތި ނެގުމާ ގުޅޭގޮތުން
މި ރަށުގެ ބަނދަރު ސަރަހައްދަށް، ސިމެންތި، ހިލަ، ހިލަވެލި، އަކިރި، ދަގަނޑު، ލަކުޑި ފަދަ ތަކެތި އަރުވާ ބާލަންވާނީ، އެސަރަހައްދުގައި ސަތަރި ނުވަތަ ތަރަފާލު އަޅުމަށްފަހުގައި ކަމަށާއި، މަސައްކަތް ނިމުމުން 5 ގަޑިއިރުގެ ތެރޭގައި ސަރަހައްދު ސާފުކުރަން ޖެހޭނެކަމާއި، އަދި މިފަދަ ތަކެތި ބާލާ ބެހެއްޓޭނީ 24 ގަޑިއިރު ވަންދެން ކަމަށް ގަވާއިދު ނަންބަރު 2022/R-115 "ބަނދަރު ބެލެހެއްޓުމާއި ބެހޭ ގަވާއިދު" ގައި ބަޔާންކޮށްފައިވެއެވެ.
އެހެންނަމަވެސް، މި މާއްދާއާ ޚިލާފަށް ސަތަރި ނުވަތަ ތަރަފާލު އެޅުމަކާ ނުލައި މި ފަދަ މުދާ ބާލާ ބަނދަރުގައި ބަހައްޓާފައިވާކަމަށް ކައުންސިލަށް ފާހަގަކުރެވިފައިވެއެވެ. އަދި މުދާ ބޭލުމަށްފަހު 24 ގަޑިއިރަށްވުރެ އިތުރަށް ބަހައްޓާކަމަށްވެސް ފާހަގަކުރެވިފައިވެއެވެ.
ވީމާ، މިހާރު ބަނދަރުމަތީގައި ބަހައްޓާފައިހުރި މިފަދަ ތަކެތި 24 ގަޑިއިރުގެ ތެރޭގައި ތަކެތީގެ ވެރިފަރާތުން ގެންގޮސް ސަރަހައްދު ސާފުކުރުމަށް އަންގަމެވެ. މި މުއްދަތުގައި ތަކެތި ގެންގޮސް ސަރަހައްދު ސާފުކޮށްފައިނުވާނަމަ، މި ގަވާއިދުގެ ދަށުން ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަމެވެ. މިގޮތުން، ގަވާއިދާއި ޚިލާފުވާ ފަރާތްތައް ޖޫރިމަނާ ކުރުމާއެކު، ނުގެންގޮސް ހުންނަ ތަކެއްޗަކީ ގަވާއިދުގައިވާ ގޮތުގެ މަތިން ދޫކޮށްލާފައިވާ ތަކެތިކަމަށް ބަލައި، އެފަދަ ތަކެއްޗާމެދު ޢަމަލުކުރާ އުސޫލުން ޢަމަލުކުރެވޭނެ ވާހަކަ ދަންނަވަމެވެ.
ރަށުގެ މުނިސިޕަލް ޚިދުމަތްތަކާއި ގުޅޭގޮތުން ކައުންސިލުން އެކުލަވާލާފައިވާ ގަވާއިދުތަކާ އެއްގޮތަށް ޢަމަލުކުރުމަށް މި ފުރުސަތުގައި ހުރިހާ ރައްޔިތުންނަށް ހަނދާންކޮށްދެމެވެ.
25 ޝައްވާލް 1446
24 އޭޕްރިލް 2025