މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފައިބަރ ޑަސްޓްބިން ހަދައިދޭނޭ ފަރާތެއް ހޯދުން

ފައިބަރ ޑަސްޓްބިން ހަދައިދޭނޭ ފަރާތެއް ހޯދުން

މިއިދާރާގެ ނަންބަރު IUL)333/333/2015/50)ފ(15 ޖޫން 2015) ނަންބަރު އިޢުލާނަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރީމެވެ.

މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް ފައިބަރ ޑަސްޓްބިންތަކެއް ހަދައިދޭނޭ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 07 ސެޕްޓެންބަރު 2015 ވާ ހޯމަ ދުވަހުގެ 11:00 އަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ކޮންފަރެންސްހޯލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 16 ސެޕްޓެންބަރު 2015 ވާ ބުދަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ހުށަހަޅުއްވަންޖެހޭ ލިޔެކިޔުންތައް:-

  • އަމިއްލަ ފަރާތަކުންނަމަ އައިޑީކާޑުގެ ސާފުކޮޕީއެއް  
  • ކުންފުންޏަކުންނަމަ ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއަކާއި ޖީއެސްޓީ ރަޖިސްޓަރީގެ ކޮޕީއެއް
  • ކްލަބު ޖަމްޢިއްޔާއަކުންނަމަ އެކްލަބެއްގެ ރަޖިސްޓަރީގެ ކޮޕީއެއް   
  • ހާޒިރުވާ ބޭފުޅަކީ ކުންފުނި ނުވަތަ ކްލަބް ޖަމްޢިއްޔާ ތަމްސީލު ކުރައްވަން ދުރުވާ ބޭފުޅެއްކަން އެނގޭނޭ ކުންފުނި ނުވަތަ ކްލަބް ޖަމްޢިއްޔާގެ ރަސްމީ ލިޔުމެއް

ލިޔެކިޔުންތައް ފުރިހަމަ ނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބާއި، މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ.

ހުށަހެޅޭ އަންދާސީހިސާބުތަކަށް ޕޮއިންޓް ދެވޭނެ އުސޫލު

މާކްސް ދެވޭ ކްރައިޓީރިއާ

މާކްސް ދެވޭގޮތް

ތަފުސީލު

ފޯމިއުލާ

އަގު

75%

ދިވެހިރުފިޔާއިން ހުށަހެޅޭ އެންމެ ކުޑައަގު

(ބެންޗްމާކްއަގު/ ހުށަހެޅުނުއަގު) x ކަނޑައެޅިފައިވާ % 

ސަޕްލައިކޮށްދޭ މުއްދަތު

20%

މުއްދަތު ޖަހަންވާނީ ދުވަހުން، ހުށަހެޅޭ އެންމެ ކުރު މުއްދަތު

(ބެންޗްމާކް ކުރުމުއްދަތު/ ހުށަހެޅުނު މުއްދަތު)x

ކަނޑައެޅިފައިވާ % 

މަސައްކަތު ތަޖުރިބާ

5%

ކުރިން މިފަދަ މަސައްކަތެއް ކުރައްވާފައިވާނަމަ ހުށަހަޅާފައިވާ ލިޔުމަށް

(ބެންޗްމާކް ތަޖުރިބާ/ ހުށަހެޅުނު ތަޖުރިބާ)x

ކަނޑައެޅިފައިވާ % 

އަންދާސީހިސާބުތައް ކެނޑުން އޮންނާނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ކޮންފަރެންސް ހޯލުގައި އެދުވަހުގެ 11:05 ގައި އަންދާސީހިސާބު ހުށަހެޅުއްވި ފަރާތްތަކުގެ ހާޒިރުގައެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

04 ޛުލްޤަޢިދާ 1436

19 އޮގަސްޓް 2015
ހޯދާ