ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަޟްހާ އީދު 1446 އަށް ތީމް ލަވަ ތައްޔާރުކުރާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

ގދ. މަޑަވެލި ކައުންސިލުން އިންތިޒާމްކޮށްގެން ފާހަގަ ކުރުމަށް ހަމަޖެހިފައިވާ އަޟްހާއީދު 1446 އަށް ތީމް ލަވަ ތައްޔާރުކޮށް ކައުންސިލަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ހުޅުވާލަމެވެ.

ލަވަ ތައްޔާރުކުރާ ފަރާތުން ކުރަންޖެހޭ މަސައްކަތްތައް:

  • ލަވައިގެ ޅެން (މަސައްކަތާއި ހަވާލުވާ ފަރާތުން- ލަވައިގެ ޅެން ތައްޔާރުކުރަންވާނީ، ދިވެހިވަންތަ، ރަށުގެ ސަޤާފަތް ރަމްޒުކޮށްދޭ ފަދަ ގޮތަކަށް ކައުންސިލްގެ އިރުޝާދާއި އެއްގޮތަށެވެ.)
  • ލަވައިގެ މިއުޒިކް ކޮމްޕޯސްކޮށް މިއުޒިކް ރެކޯޑިންގ
  • ލަވައިގެ މިކްސިންގ އަދި މާސްޓަރިންގ
  • ލަވަކިޔުން (އަންހެން/ ފިރިހެން ފަންނާނެއް)
  • އަމިއްލަ ރާގުގެ ލަވައަކަށްވުން އަދި ލަވައިގެ ލިރިކްސް ވަކިން ހުށަހެޅުން.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 30 އެޕްރީލް 2025 ގެ 11:00 ގެ ކުރިން މި އިދާރާގެ މެއިލް، [email protected] އަށް މިއިދާރާގެ 'އަގުހުށަހަޅާ ފޯމު' އިން މަސައްކުރެވޭނެ އަގާއި މުއްދަތު ޖެހުމަށްފަހު ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. އަގުހުށަހަޅާ ފޯމު ނުހިމަނައި ހުށަހަޅާ ކޯޓޭޝަނާއި، ގަޑި ޖެހުމަށްފަހު ހުށަހަޅާ ކޯޓޭޝަން އަދި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިނުވާ ފަރާތްތަކުގެ ކޯޓޭޝަން އިވެލުއޭޓް ކުރުމުގެ ތެރެއިން ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

24 އެޕްރީލް 2025
ހޯދާ