އައްޑުއަތޮޅު މަރަދޫފޭދޫ ސްކޫލް
ދިވެހިރާއްޖެ
އައުޓްޑޯ ބެންޗް ހަދައިދިނުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން

އައުޓްޑޯ ބެންޗް ހަދައިދިނުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

(12 އޮގަސްޓު 2015 ވީ ބުދަ ދުވަހު މި ސްކޫލުން ނެރުނު ނަންބަރު GS61/IUL/2015/05 އިޢުލާނުގައި ތާރީޚު ޖެހުމުގައި ލިޔުމުގެ ކުށެއްވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރީމެވެ.)

މި ސްކޫލުގެ ގޯތިތެރޭގައި، ސިމެންތި ބެންޗާއި މޭޒު، ސްކޫލުން ދޭ ނަމޫނާއަކާ އެއްގޮތަށް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިމިވާ ޝެޑިއުލާ އެއްގޮތްވާ ގޮތުގެ މަތިން މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

  •  މަޢުލޫމާތު ދިނުން: 27 އޮގަސްޓު 2015ވާ (ބުރާސްފަތި) ދުވަހުގެ މެންދުރުފަހުގެ 13:00ގައި މަރަދޫފޭދޫ ސްކޫލުގައި އޮންނާނެއެވެ.
  •  އަންދާސީހިސާބު ހުށަހެޅުން: 02 ސެޕްޓެންބަރު 2015 ވާ (ބުދަ) ދުވަހުގެ މެންދުރުފަހުގެ 13:00ގައި މަރަދޫފޭދޫ ސްކޫލުގައެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައެއްނުގަނެވޭނެއެވެ. އަދި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބާޠިލުކުރެވޭނެއެވެ.

ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

20 އޮގަސްޓް 2015
ހޯދާ