ދިވެހިރާއްޖެ
ސްޓަޑީގައިޑް ލިޔުމަށް ބޭނުންވެއްޖެ
މިސެންޓަރުން ހިންގާ ބައެއް ކޯސްތަކުގެ ތިރީގައި މިދަންނަވާ މާއްދާތަކުގެ ސްޓަޑީގައިޑް ލިޔުމަށް ކުރެވުނު ނަންބަރު IUL)COL/1/2015/06)ފ(09 އޮގަސްޓު 2015) އިޢުލާނާ ގުޅިގެން އެކަށީގެންވާ މިންވަރަށް އަންދާސީހިސާބު ހުށަހަޅާފައިނުވާ މާއްދާތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. ވީމާ، މިމަސައްކަތް ކޮށްދެވިދާނެ ފަރާތްތަކުން 27 އޮގަސްޓު 2015 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30 އަށް މިސެންޓަރަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 30 އޮގަސްޓު 2015 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 އަށް މިސެންޓަރަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ސެޝަނަށް ހާޒިރުނުވެ، ފަހުން މަޢުލޫމާތު ކަރުދާސް ގެންދާ ފަރާތްތަކަށްވެސް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވޭނެއެވެ. ނަމަވެސް، އަންދާސީހިސާބު ބަލައިގަނެވޭނީ އެކަމަށް ކަނޑައެޅިފައިވާ ގަޑީގައި އެކަންޏެވެ.
|
ކޯސް |
މާއްދާ |
މަސައްކަތް |
1 |
ބެޗެލަރ އޮފް އެޑިޔުކޭޝަން-ޕްރައިމަރީ |
ޓީޗިންގ އެންޑް ލާރނިންގ މެތެމެޓިކްސް 1 ފޯރ ޕްރައިމަރީ |
ސްޓަޑީގައިޑް ލިޔުން |
ޓީޗިންގ އެންޑް ލާރނިންގ އިންގްލިޝް 1 |
|||
އިންޓްރޮޑަކްޝަން ޓު ސްޕެޝަލް އެޑިޔުކޭޝަން |
|||
2 |
ބެޗެލަރ އޮފް ނަރސިންގ |
ކޮމިއުނިޓީ ހެލްތު ނަރސިންގ ސްޓަޑީސް 1 |
ސްޓަޑީގައިޑް ލިޔުން |
4 |
ޑިޕްލޮމާ އިން ޖުޑިޝަލް އެޑްމިނިސްޓްރޭޝަން |
މޯލްޑިވިއަން ލީގަލް ސިސްޓަމް |
މުރާޖަޢާކޮށް އިޞްލާޙު ކުރުން |
އިންޓްރޮޑަކްޝަން ޓު ޖުޑިޝަލް އެޑްމިނިސްޓްރޭޝަން |
މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުނަމަ އޮފީސް ގަޑީގައި 3345192 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
5 ޛުލްޤަޢިދާ 1436