ދިވެހިރާއްޖެ
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އަށް ބޭނުންވާ ބިދޭސީ މުވައްޒަފުން ރާއްޖެއިން ބޭރުން ގެނެސްދޭނެ ފަރާތްތަކެއް ނުވަތަ އޭޖެންސީތަކެއް ހޯދުމަށް ބޭނުންވެއެވެ. މި ފުރުސަތު ހުޅުވާލެވިފައިވަނީ އެތިކަލް ރެކްރޫޓްމަންޓް އުސޫލުތަކާއި، ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ޤާނޫނުތަކަށް ތަބާވުމާއި، ހާމަކަން ބޮޑު ގޮތެއްގައި އަދި އެމްޕްލޯޔަރ ޕޭސް މޮޑެލްއަށް އަމަލުކުރާ ރެކްރޫޓްމަންޓް އޭޖެންސީތަކަށެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ތާވަލްއާއި އެއްގޮތްވާ ގޮތުގެމަތިން، ހާޟިރުވެ ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީހަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.
ބިޑް ކުރިއަށްދާނެގޮތުގެ ތަފްޞީލް |
ތާރީޙް އާއި ތަން |
މަޢުލޫމާތު ދިނުމުގެ ސެޝަން |
28 އޭޕްރިލް 2025 ވަނަ ދުވަހުގެ 10:00 ގައި މިފްކޯ ހެޑް އޮފީސް |
މައުލޫމާތު ކަރުދާސް |
މައުލޫމާތު ދިނުމުގެ ސެޝަންއަށް ވަޑައިގަންވާ ފަރާތަކަށް މައުލޫމާތު ކަރުދާސް، އީމެއިލް މެދުވެރިކޮށް 28 އޭޕްރިލް 2025 ދުވަހުގެ 14:00ކުރިން ހިއްސާކުރެވޭނެއެވެ. |
ޕްރޮޕޯސަލް ހުށަހެޅުން |
4 މެއި 2025 ވަނަ ދުވަހުގެ 10:00 ގައި މިފްކޯ ހެޑް އޮފީސް |
ޕްރޮޕޯސަލް ހުށަހެޅޭނީ މައުލޫމާތު ސާފުކުރުމަށް ހާޒިރުވާ، މިފަދަ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އެކަނި ކަން ފާހަގަކުރަމެވެ.
މައުލޫމާތު ކަރުދާހުގައި ބަޔާންކޮއްފައިވާ މަޢުލޫމާތު ފުރިހަމަނޫން ޕްރޮޕޯސަލް ބާތިލުކުރުމުގެ ފުރިހަމަ އިޙްތިޔާރު މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ އަށް ލިބިގެންވެއެވެ. އަދި ހަމައެއާއެކު މި ޢިއުލާން ކޮންމެ ވަގުތެއްގައިވެސް ބާތިލްކުރުމުގެ އިޙްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) - ހެޑްއޮފީސް
389 ނަންބަރު ކޮށި / މާފަންނު
ހިލާލީ މަގު / މާލެ