މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
މިފްކޯ ހެޑް އޮފީހާއި މިފްކޯ މަސްފިހާރައިގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީގެ ހެޑް އޮފީހާއި މިފްކޯ މަސްފިހާރަތަކުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ  ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ތާވަލްއާއި އެއްގޮތްވާ ގޮތުގެމަތިން، ހާޟިރުވެ ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީހަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ބިޑް ކުރިއަށްދާނެގޮތުގެ ތަފްޞީލް

 ތާރީޙް އާއި ތަން

މަޢުލޫމާތު ދިނުމުގެ ސެޝަން

29 އޭޕްރިލް 2025 ވަނަ ދުވަހުގެ 10:00 ގައި  މިފްކޯ ހެޑް އޮފީސް

މައުލޫމާތު ކަރުދާސް

މައުލޫމާތު ދިނުމުގެ ސެޝަންއަށް ވަޑައިގަންވާ ފަރާތަކަށް މައުލޫމާތު ކަރުދާސް، އީމެއިލް މެދުވެރިކޮށް 29 އޭޕްރިލް 2025 ދުވަހުގެ 14:00ކުރިން ހިއްސާކުރެވޭނެއެވެ.

އަންދާސީ ހިސާބު ހުށަހެޅުން

5 މެއި 2025 ވަނަ ދުވަހުގެ 10:00 ގައި  މިފްކޯ ހެޑް އޮފީސް

 

މި ބީލަމުގައި ބައިވެރިވެވޭނީ މަޢުލޫމާތު ސެޝަނުގައި ބައިވެރިވާ ފަރާތްތަކަށް އެކަންޏެވެ.

މައުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ފުރިހަމަނޫން ޕްރޮޕޯސަލް ބާތިލުކުރުމުގެ ފުރިހަމަ އިޙްތިޔާރު މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ އަށް ލިބިގެންވެއެވެ. އަދި ހަމައެއާއެކު މި ޢިއުލާން ކޮންމެ ވަގުތެއްގައިވެސް ބާތިލްކުރުމުގެ އިޙްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.

 

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) - ހެޑްއޮފީސް

389 ނަންބަރު ކޮށި / މާފަންނު

 ހިލާލީ މަގު / މާލެ

 

23 އެޕްރީލް 2025
ހޯދާ