ފެލިދެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިންޖީނެއް ސިޓީލާ ނީލަމުގައި ވިއްކައިލުން

މިކައުންސިލް އިދާރާގެ "ފުށިފަރު ދޯނި" (ރަޖިސްޓްރީ ނަންބަރ G3020A-02  03J) ގައި ކުރިން ބޭންކުރި އިންޖީން ސިޓީލާ ނީލަމުގައި ވިއްކައިލުމަށް ވަނީ ހަމަޖެހިފައެވެ. ނީލަން ކިޔުން އޮންނާނީ 2025 އޭޕްރިލް 24 ވަނަ ދުވަހުން ފެށިގެން 2025 މެއި 08 ދުވަހުގެ ނިޔަލަށެވެ. އަގު ހުށަހަޅުއްވާނީ މި އިޢުލާނާ ހީރަސްކުރެވިފައިވާ ފޯމުން ކޮންމެ ރަސްމީ ދުވަހެއްގެ މެންދުރު 12ގެ ކުރިންނެވެ. ކޮންމެ ދުވަހަކުވެސް އެދުވަހެއްގެ ނިޔަލަށް ހުށަހެޅިފައިވާ އެންމެ މަތީއަގު މި އިދާރާގެ ފޭސްބުކް ޕޭޖްގައާއި މިއިދާރާގެ ވެބްސައިޓްގައާއި މިއިދާރާގެ ނޯޓިސް ބޯޑުގައި ޝާއިޢުކުރެވޭނެއެވެ.

            އިންޖީނު ގަތުމަށް އަގު ހުށަހަޅާ ފަރާތްތަކުން ހުށަހަޅާފައިވާ އަގު ޖެހިޖެހިގެން 3 ދުވަހު އެއް އަގެއް އޮތްނަމަ އެ އަގު ހުށަހެޅި ފަރާތެއްގެ ނަމުގައި ނީލަން ނިންމައިލެވޭނެއެވެ.

މުހިއްމު މައުލޫމާތު

  • އިންޖީނުގެ މަޢްލޫމާތު:

އިންޖީނުގެ ބްރޭންޑް:

DAEWOO, 6CH 200HP

އުފެއްދި ތާރީޙު:

2005

އިންޖީނާއެކު ހިމެނޭ އިތުރު ތަކެތި:

ޝާފްޓް، ބުރަފަތި، ޓިޔުބުހޮޅި

އިންޖީނު މިހާރު ހުރި ތަން:

އެމް.ޓީ.ސީ.ސީ ބޯޓްޔާޑު، ކ.ތިލަފުށި

 

  • ނީލަމުގެ އަގުގެ މަޢްލޫމާތު:

ނީލަން ފެށޭ އަގު:

170000.00 (އެއްލައްކަ ހަތްދިހަހާސް) ރުފިޔާ

މަދުވެގެން ފަހަރަކު އިތުރުކުރެވޭނެ ޢަދަދު:

5000.00 (ފަސްހާސް) ރުފިޔާ

 

            އަގު ހުށަހެޅުމުގައި ކައުންޓަރުން ފޯމް ބަލައިގަތުމުގެއިތުރުން އީމެއިލާއި ވައިބަރގެ ޒަރީއާއިން ފޮނުވާ ފޯމްވެސް ބަލައިގަނެވޭނެއެވެ.

                   އިންޖީނު ބައްލަވައިލެއްވުމުގައި އެހީތެރިކަމެއް ބޭނުންވާނަމަ ނީލަމުގެ މުއްދަތުގައި ރަސްމީ ގަޑީގައި މިއިދާރާއާއި ގުޅުމުން، އެމް.ޓީ.ސީ.ސީ ބޯޓްޔާޑު، ކ.ތިލަފުށި ސައިޓަށް ވަޑައިގެން އިންޖީނުގެ ބެލޭނެ އިންތިޒާމު ހަމަޖައްސާދެވޭނެއެވެ. އިތުރު މައުލޫމާތު ބޭނުންފުޅުވާނަމަ މިއިދާރާގެ ނަންބަރ 6700502އާއި ގުޅުއްވުން އެދެމެވެ.

                   ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

23 އެޕްރީލް 2025
ހޯދާ