ދިވެހިރާއްޖެ
މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖޭގެ ނާޒުކުކަން އަންގައިދޭ ކުރު ވީޑިޔޯ ޑޮކިއުމެންޓްރީއަކާއި އަދި ދެމެހެއްޓެނިވި ފަތުރުވެރިކަމާ ގުޅޭ ކުރު ވީޑިޔޯ ޑޮކިއުމެންޓްރީއެއް ތައްޔާރު ކުރުމާބެހޭ
މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖޭގެ ނާޒުކުކަން އަންގައިދޭ ކުރު ވީޑިޔޯ ޑޮކިއުމެންޓްރީއަކާއި އަދި ދެމެހެއްޓެނިވި ފަތުރުވެރިކަމާ ގުޅޭ ކުރު ވީޑިޔޯ ޑޮކިއުމެންޓްރީއެއް ތައްޔާރު ކުރުމަށް ބޭނުންވެއެވެ.
މި މަސައްކަތުގެ ތަފުސީލު ހިމެނޭ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. ބިޑް ހުށަހަޅަންވާނީ ދެވިފައިވާ ޓާރމްސް އޮފް ރިފަރެންސާ އެއްގޮތްވާ ގޮތުގެމަތިންނެވެ. ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 2 ސެޕްޓެންބަރު 2015 ވާ ބުދަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ އެއްވަނަ ފަންގިފިލާގެ ބައްދަލުކުރާ ކޮޓަރީގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. މިވަގުތުގެ ފަހުން ހުށަހެޅޭ ބީލަންތައް ބަލައިނުގަނެވޭނެއެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބަންދުކުރެވިފައިވާ ބީލަންތައް 2 ސެޕްޓެންބަރު 2015 ވާ ބުދަ ދުވަހުގެ 11:00 އަށް ތިރީގައިވާ އެޑްރެހަށް ހުށަހަޅުއްވުމަށް ދަޢުވަތު އަރުވަމެވެ.
ޕްރޮކިއުމަންޓް ޔުނިޓު
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
މާފަންނު، އަމީނީމަގު،
މާލެ، ދިވެހިރާއްޖެ
ފޯން: 300 3004 960+ ފެކްސް: 301 3004 960+
އީމެއިލް އެޑްރެސް: [email protected]