ދިވެހިރާއްޖެ
ނަންބަރ:GS124/IUL/2025/08
އިޢުލާން
މި ސްކޫލުގައި ހުރި ބައެއް މަރާމާތުތަކުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން
މި އިދާރާއިން ކޮށްފައިވާ އިޢުލާން ނަމްބަރ GS124/IUL/2025/07 އަށް އިޖާބަދީ އެއް ފަރާތަކުން ބިޑުގައި ރަޖިސްޓްރީ ކޮށްފައިވާތީވެ، އެއިޢުލާން ބާތިލް ކޮށް އަލުން ތިރީގައިވާ މަސައްކަތްތައް ކޮށްދޭ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.
- · މި ސްކޫލުން ދޭ މަޢުލޫމާތާއި އެއްގޮތަށް މި ސްކޫލުގެ 8 ކްލާސް ރޫމުގެ ދެބުރި އިމާރާތުގެ ހުޅަނގު ފާރުން އެތެރެއަށް ފެންފޭބުން ހައްލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކޮށްދޭނެފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2025 އޭޕްރީލް 23 ން 2025 އޭޕްރީލް 28 އަށް ބަންދުނޫން ކޮންމެ ދުވަހެއްގެ 8:00 ން 12:00 އާއި ދެމެދު ސުކޫލަށް ގުޅުއްވާ ނުވަތަ އީ މެއިލް މެދުވެރިކޮށް ނުވަތަ ސްކޫލަށް ދުރުވެ ނަންނޯޓް ކުރެއްވުން އެދެމެވެ.
މި ބީލަމާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2025 އޭޕްރީލް 29 ވާ އަންގާރަ ދުވަހުގެ 10:30 ގައި މިސްކޫލްގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި ބީލަން ހުށަހެޅުއްވުމަށް ވެރިފަރާތުގެ ބަދަލުގައި އެހެން ފަރާތެއް ފޮނުއްވާނަމަ، ވެރިފަރާތުގެ ސިޓީ އާއި ބަދަލުގައި ދުރުވާ ފަރާތުގެ އައި.ޑީ. ކާޑުގެ ކޮޕީ ހުށަހަޅަން ވާނެއެވެ.
ބީލަން ހުށަހެޅުމާ ހުޅުވުން އޮންނާނީ 2025 މެއި 08 ވާ ބްރާސްފަތި ދުވަހުގެ 10:30 ގައި މި ސްކޫލްގައެވެ.
ނޯޓް: ބީލަން ހުށަހެޅުމުގެ ފުރުސަތު އޮންނާނީ ކަނޑައެޅިފައިވާ މުއްދަތުގައި ނަން ނޯޓް ކުރައްވާފައިވާ ފަރާތްތަކަށް ކަމުގައި ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ރަސްމީ ގަޑިތަކުގައި ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
- · އިނގުރައިދޫ ސްކޫލް / ރ. އިނގުރައިދޫ، ދިވެހިރާއްޖެ
- · ފޯން : 6580002 / 7555737 / 9812866
- · އީމެއިލް: [email protected]
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.