ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ. ފިނޭ ގައި ބޭންކް އޮފް މޯލްޑިވްސް އިން އިމާރާތްކުރާ އޭ.ޓީ.އެމްގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން (ތިންވަނަ އިޢުލާން)

ހދ. ފިނޭ ގައި އިމާރާތްކުރާ ބޭންކް އޮފް މޯލްޑިވްސްގެ އޭ.ޓީ.އެމް އިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)259/2025/19 (11 ފެބުރުވަރީ 2025) އިޢުލާނާއި ގުޅިގެން ހުށަހެޅުނު އަންދާސީހިސާބުތައް އެކަށީގެންވާވަރަށްވުރެ ބޮޑުކަމަށްވާތީ، އެ އިޢުލާން ބާޠިލް ކުރުމަށްފަހު އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މައުލޫމާތު ސާފުކޮށް، ރަޖިސްޓްރީކުރުމަށްފަހު ބިޑް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

 

ބިޑް ގައި ރަޖިސްޓްރީ ކުރުމާއި މައުލޫމާތު ސާފުކުރުން

ބިޑް ގައި ރަޖިސްޓަރ ވުމަށް އޮންލައިން ފޯމު މެދުވެރިކޮށް: ލިންކް: https://forms.gle/mnycniMHsQuFSo728

ތާރީޙް: 28 އޭޕްރިލް 2025 ވާ ހޯމަ ދުވަހުގެ 13:00 ނިޔަލަށް

  • މި މަސައްކަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށް މަސައްކަތުގެ މަޢުލޫމާތު ކަރުދާހާއި ކުރެހުންތައް އީމެއިލްގެ ޒަރިއްޔާއިން ފޯރުކޮށްދެވޭނެއެވެ.

މައުލޫމާތު ސާފުކުރުން

މި މަސައްކަތާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވަންވީ އީމެއިލް އެޑްރެސް އަކީ [email protected] އެވެ. އަދި ސުންގަޑިއަކީ 27 އޭޕްރިލް 2025 ވަނަ ދުވަހުގެ 13:00އެވެ.

 

ބިޑް ހުށަހެޅުން

ތަން: ހދ ފިނޭ ކައުންސިލްގެ އިދާރާގައި

ތާރީޙް: 29 އޭޕްރިލް 2025 ވާ އަންގާރަ ދުވަހުގެ 10:00 ގައި

 

 

ބިޑް ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުގެ މުއްދަތު ހަމަނުވާ ފޮޓޯޖެހި ރަސްމީލިޔުމެއް ހުށަހަޅަންވާނެއެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބިޑް ރަޖިސްޓަރީ ނުކުރާ ފަރާތްތަކާއި ގަޑިޖެހިގެން ބިޑް ހުށަހަޅަން ހާޒިރުވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ނޯނާނެ ވާހަކަ ދެންނެވީމެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށްފައިވާ ސިޓީއަކާއިއެކު ފޮނުއްވުމަށް ދަންނަވަމެވެ. މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (2014/18) ގެ ދަށުން ރަޖިސްތްރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި (2024/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

23 އެޕްރީލް 2025
ހޯދާ