މަޤާމް
|
މަސައްކަތު
|
ބޭނުންވާ އަދަދު
|
1 (އެކެއް)
|
މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1
|
ރޭންކް: SS 1
|
މުސާރަ
|
މަހަކު -/3,100 ރުފިޔާ
|
ސަރވިސް އެލަވަންސް
|
މަހަކު -/1,000 ރުފިޔާ
|
ޑިވިޜަން/ ސެކްޝަން
|
-
|
ވަޒީފާ އަދާކުރަންޖެހޭ ތަން
|
މުލަކު ޞިއްޙީ މަރުކަޒު / މ. މުލައް
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ޞިއްޙީ މަރުކަޒުގެ ގޯތިތެރެއާއި ވަށައިގެންވާ ޞަރަހައްދު ކުނިކަހައި ސާފުކޮށް ބެލެހެއްޓުމާއި، އެތަންނަތުން އުފެދޭ ކުނިބުނި ރައްކާތެރިކަމާއެކު ނައްތައިލުން (އިންސިނިރޭޓް ކުރުން) އަދި އަންދާނުލެވޭ ތަކެތި އެފަދަ ތަކެތި އުކާލުމަށް ޚާއްޞަކުރެވިފައިވާ ސަރަހައްދަށް ގެންގޮސް އުކާލުން.
- ޞިއްޙީ މަރުކަޒުން ހަމަޖައްސާގޮތެއްގެމަތިން ޞިއްޙީ މަރުކަޒުގެ ގޯތިތެރޭގައި ގަސްހައްދައި، ގަސްތައްކޮށައި، ގަސްތަކަށް ފެންދީ ބެލެހެއްޓުން.
- ޞިއްޙީ މަރުކަޒަށް ބޯފެން ނެގުމަށް ބޭނުންކުރަމުންދާ ދިޔަދޮވި، ބޯފެން އެޅުމަށް ބަހައްޓާފައިވާ ފެންތާނގީތައް ދޮވެ ސާފުކޮށް ބެލެހެއްޓުން.
- މުވައްޒަފުންގެ ސައިކޮޓަރި ސާފުކޮށް ބެލެހެއްޓުމާއި، މުވައްޒަފުން ބޯން ބޭނުންކުރަމުންދާ ފެން އައިސްއަލަމާރީން ހުސްވިޔަނުދީ ބެހެއްޓުމާއި، އައިސްއަލަމާރި ސާފުކޮށް ބެލެހެއްޓުން.
- ޞިއްޙީ މަރުކަޒުން ފެންނެގުމަށް ބޭނުންކުރަމުންދާ ވަޅު، ދޮވެ ސާފުކޮށް ބެލެހެއްޓުން.
- ޞިއްޙީ މަރުކަޒުގެ ވަށައިގެންވާ ފާރު ސާފުކޮށް ބެލެހެއްޓުން.
- ޞިއްޙީ މަރުކަޒުގެ ފަރާތުން ހަވާލުކުރާ ލިސްޓްތަކަށް މީހުންނަށް ގަޑިއަށް ކިޔުން.
- ޞިއްޙީ މަރުކަޒުގެ ބޭނުންތަކުގައި އެކިތަންތަނަށް ފޮނުވަންޖެހޭ ސިޓީއާއި،މެސެޖާއި، އެހެނިހެން ލިޔެކިޔުންތަކާއި، ތަކެތި އޮފީހުން އަންގާ ތަންތަނަށް ފަރުވާތެރިކަމާއެކު ގެންގޮސްދިނުމާއި، ހަވާލުކުރަންޖެހޭ ފަރާތްތަކާ ހަވާލުކުރުން.
- ޞިއްޙީ މަރުކަޒުން ހަވާލުކުރާ އޯޑަރު ފޯމުގައިވާ ތަކެތި ރައްކާތެރިކަމާއެކު، ޞިއްޙީ މަރުކަޒަށް ގެނައުމާއި، ގަންނަންޖެހޭ ތަކެތީގެ އަގު ބެލުމުގެ މަސައްކަތް ކުރުން.
- އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.
|
ތަޢުލީމާއި ތަޖުރިބާ
|
ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން.
|
ވަޒީފާ އަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް
|
- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.
|
ޢިނާޔަތްތައް
|
ސިވިލް ސަރވިސްގެ ގަވާއިދުގައި ހަމަޖެހިފައިވާ އުސޫލުގެމަތިން އިތުރުގަޑީގެ ފައިސާއާއި، ވަޒީފާއާ ގުޅިގެން ދެވޭ އެހެނިހެން އެލަވަންސްތައް ދެވޭނެއެވެ.
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމު، މި ހޮސްޕިޓަލުގެ އޯޕީޑީ ކައުންޓަރުންނާއި، މ. މުލަކު ޞިއްޙީ މަރުކަޒުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.)
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައިވާ ލިޔުންތައް ފެންނާނެ، ލިޔެފައިވާ ލިޔުންތައް ލިޔަން ކިޔަން އެނގޭފަދަ ކޮޕީއެއް.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށްއެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)
|
ސުންގަޑި
|
2015 އޮގަސްޓު 30 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން މ. މުލަކު ޞިއްޙީ މަރުކަޒަށް.
|
އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން
|
އިންޓަވިއު އޮންނާނެ ތާރީޚާއި ތަނާއި ގަޑި، ޝަރުޠު ފުރިހަމަވާ / ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް ލިޔުމުން އެންގޭނެއެވެ.
ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައިގެން 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
އިތުރު މަޢުލޫމާތު
|
- މަޢުލޫމާތު ސާފުކުރަން ގުޅާނީ 6720592 ނަންބަރު ފޯނަށެވެ.
- ވަޒީފާއަށް އެދޭ ފޯމު، ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ހޮސްޕިޓަލް އޯޕީޑީ ކައުންޓަރުންނާއި، މ. މުލަކު ޞިއްޙީ މަރުކަޒުގެ ކައުންޓަރުން ވެސް މި ފޯމު ލިބެން ހުންނާނެއެވެ.
|