ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސްލިޕްވޭއެއް ހެދުމަށް ބިމެއް ދޫކުރުން

                   މި ރަށުގައި ޒަމާނީ ފެންވަރުގެ ސްލިޕްވޭއެއް ހެދުމަށް  40،000.00 (ސާޅީސް ހާސް) އަކަފޫޓްގެ ބިމެއް 25 އަހަރު ދުވަހުގެ މުއްދަތަށް ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ބޭނުންވެއެވެ.

                   ވީމާ، މި ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ބީލަން ކަރުދާސް ބައްލަވައި ގަތުމަށްފަހު މި އިޢުލާނާއެކުގައިވާ ސްޕެސިފިކޭޝާނާ އެއްގޮތަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ބީލަން ކަރުދާސް ވިއްކުން

2025 އޭޕްރީލް 29 ވާ އަންގާރަ ދުވަހުގެ 13:00 އާ ހަމައަށް

މި އިދާރާގެ ކައުންޓަރުން

ބީލަން ހުށަހެޅުމުގެ ސުންގަޑި

2025 މޭ 11 ވާ އާދީއްތަ ދުވަހުގެ 13:00 ގައި

ބީލަން ހުޅުވުން

2025 މޭ 11 ވާ އާދީއްތަ ދުވަހުގެ 13:05 ގައި

ގއ.މާމެންދޫ ކައުންސިލް އިދާރާގެ މީޓިންގ ރޫމުގައި

                  މިކަމަށް އެދި ބީލަން ހުށަހަޅުއްވަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައެވެ. ބަންދުނުކޮށް ހުށަހެޅޭ ބީލަންތައް ބަލައި ނުގަނެވޭނެއެވެ. އަދި ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ބަދަލުގައި އެހެންފަރާތަކުން ބައިވެރިވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅަން ވާނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހެޅޭ ބީލަންތައް ބަލައި ނުގަނެވޭނެއެވެ. ބީލަން ހުޅުވުން އޮންނާނީ ބީލަންވެރިންގެ އެއްހާޒިރުގައެވެ.

                  މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާންކުރީމެވެ.

21 އެޕްރީލް 2025
ހޯދާ