މަޤާމް
|
މެނޭޖަރ
|
ބޭނުންވާ ޢަދަދު
|
01
|
ވަޒީފާ އަދާކުރަންޖެހޭ ތަން:
|
އެޗް.އަރ ޑިޕާޓްމަންޓް - ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް / މިފްކޯ
|
އަސާސީ މުސާރަ:
|
9000.00 - 10750.00 ރުފިޔާ ދެމެދު |
އިތުރު ޢިނާޔަތްތައް:
|
ސަރވިސް އެލަވަންސް: ބޭސިކް މުސާރައިގެ %60
40% ސެޓްފިކެޓް ލެވަލް 07 (ޑިގްރީ): ބޭސިކް މުސާރައިގެ
.ފެލިވަރުގައި ހުރުމާއި ކެއުން ހަމަޖެހިފައިވާ އުސޫލުން ހަމަޖައްސައި ދެވޭނެއެވެ.
|
ޝަރުޠު:
|
ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސެޓްފިކެޓެއް ހާސިލްކޮށްފައިވުން އަދި މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއިއެކު، މަދުވެގެން 05 (ފަސް) އަހަރު ދުވަހުގެ މަގާމާގުޅޭ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވުން.
|
:މަޤާމްގެ މަސްއޫލިއްޔަތުތައް
|
- ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގެ އިދާރީ އަދި މުވައްޒަފުންނާއި ގުޅުންހުރި އެންމެހާ މަސައްކަތްތައް ރާވާ ހިންގާ ބެލެހެއްޓުން.
- ފެލިވަރުގެ ތަރައްޤީގެ ޕްލޭންތައް ހެދުމާއި، މުވައްޒަފުންގެ ތަމްރީނަށް ބޭނުންވާ ފަންނީ ހުނަރު ހޯދައިދިނުމަށް ރީޖަނަލް މެނޭޖަރގެ އިރުޝާދުގެ ދަށުން މަސައްކަތް ކުރުން.
- ފެލިވަރުގެ އިދާރީ އެންމެހާ ކަންކަމާއި ގުޅޭގޮތުން ދިރާސާކޮށް ރީޖަނަލް މެނޭޖަރަށް ލާފާއެރުވުން.
- ކުންފުނީގެ ޕޮލިސީތައް ތަންފީޛް ކުރުމަށް ހެޑް އޮފީސްއަށް އެހީތެރިވެދިނުން.
- ފެލިވަރު ހިންގުމަށް ބޭނުންވާ ވަޞީލަތްތައް ހޯދުމާއި އެތަކެތި ބެލެހެއްޓުން.
- ހެޑް އޮފީސް އެޗް.އާރގެ އިރުޝާދުގެ ދަށުން މަސައްކަތް ރާވާ ހިންގުން.
- މުވައްޒަފުންގެ ރިކްރިއޭޝަން ކަންކަން ރާވައި ހިންގުމަށް ބޭނުންވާ އިންތިޒާމްތައް ހަމަޖައްސައި މޮނިޓަރކުރުން.
- ކުންފުނީގެ ވަޒީފާތަކަށް ބޭނުންވާމީހުން ކުންފުނީގެ ސީޔާސަތުތަކާއި އެއްގޮތަށް ހޯދުން.
- މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބޭނުންވާ އިންތިޒާމްތައް ހަމަޖައްސައި ބެލެހެއްޓުން.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް
|
- ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލުން.
- މަސައްކަތުގެ ދާއިރާއިން އުފެއްދުންތެރި ޙިޔާލާއި އާވިސްނުންހުރި މިންވަރު.
- ގިނަވަގުތު އޮފީހުގައި މަސައްކަތްކުރެވޭ މީހެއްކަމުގައިވުން.
|
އިންޓަރވިއުކުރުން:
|
އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތަކާއެވެ.
|
ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:
|
ހ. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީ (ދެފުށް ފެންނާނޭހެން).
ށ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
ނ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
ރ- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ. (ޖޮބް އެޕްލިކޭޝަން ފޯމް)
ބ- ޕޮލިސްރިޕޯޓް (ވަޒީފާއަށް ހޮވުނުކަން އެންގުމުން).
|
މަޤާމަށް މީހަކު ހޮވުމުގައި ކަނޑައަޅާ ކްރައިޓީރިއާ
|
-
ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީން.
ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
ނ- މަސްވެރިކަމާއި ގުޅުންހުރި ދާއިރާއިން ތަޖްރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. އަދި ވަޒީފާ އަދާކުރާތަން ނިސްބަތްވާ އަތޮޅުގެ ރައްޔިތުންނާއި ގުޅުންހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
ރ. ހުށަހަޅާ ޕްރެޒެންޓޭޝަން.
ބ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.
ޅ. ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލުން.
ކ. މަސައްކަތުގެ ދާއިރާއިން އުފެއްދުންތެރި ޙިޔާލާއި އާވިސްނުންހުރި މިންވަރު.
އ. ގިނަވަގުތު އޮފީހުގައި މަސައްކަތްކުރެވޭ މީހެއްކަމުގައިވުން.
|
ތަކެތި ހުށަހަޅަންޖެހެޭ އޮފީސް:
|
- ވަޒީފާއަށް އެދި ހުށަހަޅުއްވާނީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑްގެ ހެޑް އޮފީހުގެ ރިސެޕްޝަން ކައުންޓަރަށް. ނުވަތަ
- އީމެއިލް ކުރައްވާނަމަ [email protected] އަށް އީމެއިލް ކުރެވުން.
- ތަކެތި ހުށަހެޅުމުގެ ސުންގަނޑިއަކީ 01 މެއި 2025 ވާ ބްރާސްފަތި ދުވަހުގެ 12:00 ގެ ކުރިން.
|
.އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3323932 ގުޅުއްވުން އެދެމެވެ
|