ދިވެހިރާއްޖެ
މިކޯޕަރޭޝަންގެ ތިރީގައިވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.
މަޤާމް: |
ސީނިއަރ ފައިނޭންސް އޮފިސަރ – ފައިނޭންޝަލް ޕްލޭނިންގ އެންޑް އެނެލިސިސް |
ބޭނުންވާ ޢަދަދު: |
02 (ދޭއް) |
މަޤާމުގެ ގިންތި: |
ކޮންޓްރެކްޓް |
ކްލެސިފިކޭޝަން / ރޭންކް: |
ސީނިއަރ އެސޯސިއޭޓް |
އަސާސީ މުސާރަ: |
މަހަކު 7,250.00 ރުފިޔާ |
އެހެނިހެން ޢިނާޔަތްތައް: |
- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30 - އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30 - ފިކްސްޑް އެލަވަންސް: އަސާސީ މުސާރައިގެ %25 - ލިވިންގ އެލަވަންސް: އަސާސީ މުސާރައިގެ - މީގެ އިތުރުން ޕްރޮފެޝަނަލް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %35 އިންސައްތަ، މަޤާމާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 އިން މަތީ ސަނަދެއް ޙާޞިލްކޮށްފައިވާނަމަ ދެވޭނެއެވެ. އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ ޢުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ހެޑްއޮފީހުގައެވެ. |
ފެންވަރު ނުވަތަ ޝަރުތު: |
- އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 05 ގެ ޑިޕްލޮމާއެއް ޙާޞިލްކޮށްފައިވުމާއެކު މަސައްކަތުގެ ދާއިރާއިން 1-3 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. - ބަޖެޓިން އަދި ފައިނޭންޝަލް ރިޕޯޓިންގެ ތަޖުރިބާ ހުރިނަމަ އިސްކަންދެވޭނެއެވެ. |
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
- އަހަރީ ބަޖެޓް ތައްޔާރުކުރުން. - ފައިނޭންޝަލް ރިޕޯޓްތައް ތައްޔާރުކުރުން (ވީކްލީ، މަންތްލީ، ކުއާޓާލީ) - ފައިނޭންޝަލް ފޯކާސްޓް ތައްޔާރުކުރުން. - މަންތްލީ އަދި ވީކްލީ ކޭޝްފްލޯ ތައްޔާރުކުރުން. - ބޭންކް ރިކޮންސިލިއޭޝަން (ވީކްލީ، މަންތްލީ) - ބަޖެޓް ރިކުއެސްޓްތަކަށް އެޓެންޑްވުން. - މީރާއަށް ހުށަހަޅަންޖެހޭ ޓެކްސް ބަޔާންތައް ތައްޔާރުކުރުން. - މެނޭޖްމަންޓަށް ބޭނުންވާ ރިޕޯޓްތައް ތައްޔާރުކުރުމާއި އެހީތެރިވެދިނުން އަދި ޕީ.ސީ.ބީ އާއި މިނިސްޓްރީ އޮފް ފައިނޭންސްއަށް ހުށަހަޅަންޖެހޭ ރިޕޯޓްތައް ތައްޔާރުކުރުން. - މީގެ އިތުރުން، މަޤާމާއި ގުޅޭގޮތުން ޑިޕާޓްމަންޓުގެ އިސްވެރިޔާ ޙަވާލުކުރާ ކުންފުނީގެ އެހެނިހެން މަސައްކަތްތައް ފުރިހަމަކުރުން. |
ސުންގަޑި: |
- މިވަޒީފާއަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަން ފޯމް ފުރިހަމަކުރެއްވުމަށްފަހު، 28 އޭޕްރިލް 2025 ވާ ހޯމަ ދުވަހުގެ 16:00 ގެ ކުރިން، މިކޯޕަރޭޝަންގެ ހެޑް އޮފީހަށް ނުވަތަ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އީ މެއިލް[email protected] އަށް ފޮނުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަންގެ ވެބްސައިޓް www.rdc.com.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ވަޒީފާ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. ނޯޓް: އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށައަޅާއިރު ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި އެދޭ ވަޒީފާގެ ނަން ޖެހުމަށް ދަންނަވަމެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
|
އިންޓަވިއު: |
- އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށް އެކަންޏެވެ. - މި މަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމުތައް ބާޠިލްކުރެވޭނެއެވެ. މި މަޤާމަށް މީހުން ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ އޭޕްރިލް / މެއި މަހުގެ ތާރީޚެއްގައެވެ. |
އިތުރު މަޢުލޫމާތު: |
އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ. |
24 ޝައްވާލް 1446