| ވަޒީފާގެ ފުރުސަތު | 
| މި އޮފީހުގެ ނަންބަރު (IUL)426-3A/426/2025/191 އިޢުލާނަށް  އެކަށީގެންވާ މިންވަރަށް ބަޔަކު ކުރިމަތިލާފައިނުވާތީ މި އިޢުލާން ބާޠިލުކޮށް އަލުން އިޢުލާންކުރީމެވެ. | 
| މަޤާމް: | މުނިސިޕަލް އިންސްޕެކްޓަރ | 
| ބޭނުންވާ ޢަދަދު: | 01 (އެކެއް) | 
| މަޤާމުގެ ގިންތި އާއި މުއްދަތު: | ވަގުތީ (01 އަހަރު) | 
| މަޤާމުގެ ނަންބަރު: | MS176 | 
| ވަޒީފާ އަދާކުރަންޖެހޭ ތަން: | މަރަދޫ އަވަށު އޮފީސް / އައްޑޫސިޓީ ކައުންސިލްގެ އިދާރާ | 
| މުސާރަ: | 4465/- ރުފިޔާ | 
| ސަރވިސް އެލަވަންސް: | 1500/- ރުފިޔާ | 
| އެހެނިހެން އެލަވަންސް: | 
ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.މިނިމަމް ވޭޖްގެ ގޮތުގައި އެ ރޭންކަކަށް ދިނުމަށް ކަނޑައަޅާފައިވާ އަދަދަށްވުރެ މަދުން ލިބޭނަމަ، އެ އަދަދު ހަމަކުރުމަށް މިނިމަމް ވޭޖް އެލަވަންސް ހަމަޖައްސައިދެވޭނެ. | 
| މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: | 
ފިހާރަ ފިހާރައިގެ ކުޑަދޮރުން މުދަލާއި ތަކެތި ނެރެފައި ބެހެއްޓުމާއި، ފިހާރައިގެ ދޮރުން ބޭރުގައި މަގުމައްޗަށްވާ ގޮތަށް މުދަލާއި ތަކެތި ބެހެއްޓުމާއިބެހޭ ޤަވާޢިދު ތަންފީޒުކުރޭތޯ ބެލުން.ތިމާވެށި ޙިމާޔަތް ކުރުމާއިބެހޭ ޤަވާޢިދު ތަންފީޒުކުރޭތޯ ބެލުން.ވަގުތީގޮތުން މަގު ބަންދުކުރުމާއިބެހޭ ޤަވާޢިދު ތަންފީޒުކުރޭތޯ ބެލުން.ޢާއްމު ތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ނެގުމާބެހޭ ޤަވާޢިދު  ތަންފީޒުކުރޭތޯ ބެލުން.ގޭގޭގެ ފުރާޅުން މަގުމައްޗަށް އަންނަ ފެން ހިންދުމާއިބެހޭ ޤަވާޢިދު  ތަންފީޒުކުރޭތޯ ބެލުން.މަގުފާރާއި އިންފާރު ތަޅަލުމާއިބެހޭ  ޤަވާޢިދު  ތަންފީޒުކުރޭތޯ ބެލުން.މަގުމަތި ކުނިކެހުމާއިބެހޭ  ޤަވާޢިދު  ތަންފީޒުކުރޭތޯ ބެލުން.އޮޑިހަރުގެއާއިބެހޭ  ޤަވާޢިދު  ތަންފީޒުކުރޭތޯ ބެލުން.ގޭގެއިން މަގުހުރަހަށް ދަނޑި، ދަގަނޑު، ހޮޅި، ވާ ޓިނުފަދަ ތަކެތި ނެރެފައިބެހެއްޓުމާއިބެހޭ  ޤަވާޢިދު  ތަންފީޒުކުރޭތޯ ބެލުން. ކަނޑުތޮށީގައްޔާއި އެއްގަމުތޮށީގައި އުޅަނދުފަހަރު އެއްސުމާއި، ފަޅުތެރޭގައި އުޅަނދުފަހަރު އެއްސުމާއި، ފަޅުތެރޭގައި އުލަނދުފަހަރު ދުއްވުމާއި އެޅުމާއި އެކަންކަމަށް ފީނެގުމާއިބެހޭ  ޤަވާޢިދު ތަންފީޒުކުރޭތޯ ބެލުން. ލައުޑް ސްޕީކަރު ބޭނުންކުރުމާއި އަޑުގަދަކޮށް ލަވަޖެހުމާބެހޭ  ޤަވާޢިދު ތަންފީޒުކުރޭތޯ ބެލުން. މަގުކޮނުމާއިމަގުގައި ވަޅުލުމާއިބެހޭ  ޤަވާޢިދު ތަންފީޒުކުރޭތޯ ބެލުން. ޢާންމު އުނދަގުލާއިބެހޭ  ޤަވާޢިދު ތަންފީޒުކުރޭތޯ ބެލުން.ރަށުގެ ޢާންމު ތަންތަނުގައި މުނިފޫހިފިލުވުމުގެ ޙަރަކާތްތައް ބޭއްވުމާބެހޭ ޤަވާޢިދު ތަންފީޒުކުރޭތޯ ބެލުން. ރަށާއި ގުޅިފައިވާ ކަނޑުގައި ނުވަތަ ރަށުގެ ޢާންމު ތަންތަނުގައި ފިލްމު ނަގަން ހުއްދަ ދިނުމާއި ފީނެގުމާއިބެހޭ  ޤަވާޢިދު ތަންފީޒުކުރޭތޯ ބެލުން. ކުނި އުކާލުމާއި ކުނި ނައްތާލުމުގެ  ޤަވާޢިދު ތަންފީޒުކުރޭތޯ ބެލުން. މަގުމަތީގައި އިޢުލާނާއި އިޝްތިހާރު ހަރުކުރުމާއިބެހޭ ޤަވާޢިދު  ތަންފީޒުކުރޭތޯ ބެލުން. އައްޑޫގައި އެއްގަމުގައި ދުއްވާ އިންޖީނުލީ އެއްޗިއްސާއި އިންޖީނު ނުލާ އެއްޗެހި ދުއްވުމާއި ބޭނުންކުރުމާބެހޭ ޤަވާޢިދާއި، މަގުމަގާއި ޢާންމު ތަންތަނުގައި ޕާކުކުރުމާއި ޕާކުކުރުމުގެ ފީ ނެގުމާއިބެހޭ  ޤަވާޢިދު ތަންފީޒުކުރޭތޯ ބެލުން. މަގުމަތި ކުނިކެހުމުގެ  ޤަވާޢިދު ތަންފިޒުކުރޭތޯ ބެލުން. ގޯތި ގެދޮރާއި ޢިމާރާތް ކުރުމާއި ބެހޭ  ޤަވާޢިދު ތަންފީޒުކުރޭތޯ ބެލުން. ގޭގޭ ފާރުގައި ކުރަހާފައި ހުންނަ ތަކެއްޗާއި ލިޔެފައި ހުންނަ ތަކެތި ފޮހެ ސާފުކުރުމާއި ބެހޭ ޤަވާޢިދު ތަންފީޒުކުރޭތޯ ބެލުން. އައްޑޫގައި ގާޑިޔާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔާފާރި ކުރުމާއި އެކަންކަމަށް ފީނެގުމާއިބެހޭ  ޤަވާޢިދު ތަންފީޒުކުރޭތޯ ބެލުން. އައްޑޫގައި ޖަނަވާރު އަދި ދޫނި ސުފާސޫފި ގެންގުޅުމުގެ  ޤަވާޢިދު ތަންފީޒުކުރޭތޯ ބެލުން.  އައްޑޫސިޓީ ކައުންސިލްގެ އެހެނިހެން  ޤަވާޢިދު ތަންފީޒުކުރޭތޯ ބެލުން. އައްޑުސިޓީ ކައުންސިލްގެ އެހެނިހެން ޤަވާޢިދު ތަކުގެ  ތެރެއިން ކައުންސިލުން ކުރަންޖެހޭ ކަންކަން މޮނިޓަރކޮށް ބެލެހެއްޓުން. މީގެ އިތުރުން ކައުންސިލުން ކަނޑައަޅާ މަސައްކަތްތައް މޮނިޓަރކޮށް ބެލެހެއްޓުން. | 
| މަޤާމުގެ ޝަރުތުތައް: | 
ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލްކޮށްފައި ވުމާއެކު، 'ސެކަންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.   ނުވަތަ، 
ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ، 
ގްރޭޑް 10 ނިންމާފައިވުން. ނުވަތަ، 
ލިޔަން ކިޔަންދަތުމާއެކު، މަޤާމުގެ މަސްޢޫލިއްޔަތު އަދާކުރުމަށް ބޭނުންވާ ތަޖުރިބާއާއި ހުނަރު ހުރި (ލޯ އެންފޯސްމެންޓް / ފަޔަރ އެންޑް ރެސްކިއު / މުނިސިޕަލް / ސުޕަވައިޒަރ ފަދަ) ދާއިރާތަކުގެ  01  އަހަރުގެ ތަޖުރިބާ ލިބިފައިވުން އަދި އުމުރުން  18  އަހަރާއި  60 އަހަރާއި ދެމެދުގެ މީހަކަށްވުން. | 
| ހުށަހަޅަންޖެހޭ ލިޔުންތައް:         | 
ކޮންޓްރެކްޓް އުޞޫލުން ވަޒީފާއަށް އެދޭ ފޯމް (މި ފޯމު އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ކައުންޓަރުންނާއި، އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ އަވަށު އޮފީސްތަކުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ ވެބްސައިޓުން (adducity.gov.mv) މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)ފޯމުގެ ލިންކް: https://adducity.gov.mv/uploads/1557727304.pdf
ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައިޑީ ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސްގެ ކޮޕީ.ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.
 (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
 (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
 | 
| ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: | 
އަސާސީ ޝަރުތު ހަމަވުމުން - %40އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމް - %5އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ - %5އިންޓަރވިއު - %50 މަޤާމަށް އައްޔަންކުރުމަށް ވަޒީފާއަށް އެދިފައިވާ ފަރާތަށް A2 ޝީޓުން މުޅިއެކު ޖުމުލަ 60 ނުވަތަ އެއަށް ވުރެ މަތިން ޕޮއިންޓު ލިބެންވާނެއެވެ. ނޯޓް: މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ. | 
| މަޤާމަށް އެދެންވީގޮތާއި ސުންގަޑި: | މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2025 އެޕްރީލް 30 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، މަރަދޫ އަވަށު އޮފީހަށެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދި ހުށަހަޅާ ފޯމް ބަލައިގަނެވޭނެއެވެ. | 
| އިންޓަރވިއު އޮންނާނެ ތަނާއި،މުއްދަތު: | މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 2025  މޭ 11 އާއި 2025 މޭ 15 އާ ދެމެދު، މަރަދޫ އަވަށު އޮފީހުގައެވެ. މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. | 
| ޝޯޓް ލިސްޓްކުރުން: | މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. | 
| އިތުރު މަޢުލޫމާތު ހޯދުން | މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6890096  ނަންބަރު ފޯނާއެވެ. | 
| 24 ޝައްވާލް 1446 22 އެޕްރީލް 2025 |